ނޫސްބަޔާން
ނަންބަރު: (IUL)166-Reg/166/2018/5
ޕަބްލިޝްކުރި ތާރީޚް: 09 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 13:42
ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި ކުރުމުއްދަތާއި ދިގުމުއްދަތުގެ މަތީ ތަޢުލީމާއި ތަމްރީނުގެ ކޯސްތައް ހިންގުމާ ގުޅޭ

އިޢުލާން

ދިވެހިރާއްޖޭގައި ކުރުމުއްދަތާއި ދިގުމުއްދަތުގެ މަތީ ތަޢުލީމާއި ތަމްރީނުގެ ކޯސްތައް ހިންގުމާ ގުޅޭ

                ދިވެހިރާއްޖޭގައި ހިންގާ ކުރުމުއްދަތާއި ދިގުމުއްދަތުގެ މަތީ ތަޢުލީމާއި ތަމްރީނުގެ ކޯސްތަކަށް ހުއްދަ ދެވެނީ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަނުން ކަނޑައަޅާފައިވާ އުސޫލުތަކެއްގެ ތެރެއިންނެވެ. އަދި ރާއްޖޭގައި ބާއްވާ ތަޢުލީމާއި ގުޅުންހުރި ފެއަރތަކަށް ވެސް މިޑިޕާޓްމަންޓުގެ ހުއްދަ ބޭނުންވާނެއެވެ. ނަމަވެސް މިހާރަކަށް އައިސް ބައެއް ފަރާތްތަކުން ރާއްޖޭގައި މިފަދަ ފެއަރތަކާއި ތަމްރީނުތައް މި ޑިޕާޓްމަންޓްގައި ރަޖިސްޓަރީ ނުކޮށް ނުވަތަ ހުއްދަ ނުހޯދައި ކުރިއަށް ގެންދާކަމުގެ ޝަކުވާތައް މިޑިޕާޓްމަންޓަށް ދަނީ ލިބެމުންނެވެ.

                ވީމާ މިފަދަ ފެއަރތަކާއި ތަމްރީނުދިނުމުގެ ޕްރޮގްރާމުތައް މިޑިޕާޓްމަންޓްގެ ހުއްދަ ހޯދައިގެން ކުރިއަށް ގެންދިއުމަށް އިލްތިމާސްކުރަމެވެ.   

 

09 ޖަނަވަރީ 2018

09 ޖަނަވަރީ 2018