ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)347/347/2018/2
ޕަބްލިޝްކުރި ތާރީޚް: 09 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 13:14
ސުންގަޑި: 15 ޖަނަވަރީ 2018 00:00
އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ ދެފަރާތުގެ ބަނދަރު ބޭނުންކުރުމާ ބެހޭ

ފުރާ ދުއްވާ އުޅަނދުފަހަރުގެ ތެރެއިން މިރަށު ދެފަރާތު ބަނދަރު ބޭނުންކުރާ، 22 ފޫޓަށްވުރެ ދިގުނޫން އުޅަނދުފަހަރު، އެޅުމަށް ޚާއްސަކުރެވިފައިވަނީ މިރަށު ދެކުނުފަރާތު ބަނދަރުގެ ހުޅަނގުކޮޅެވެ. ވީމާ، ބަނދަރުބޭނުންކުރުމާބެހޭ ޤަވައިދު ގެޒެޓު ކުރެވެންދެން، މިރަށު ދެފަރާތު ބަނދަރުގެ އެކިއެކި ސަރަޙައްދުތަކުގައި އަޅާފައިވާ މަތީގައި ދެންނެވިފައިވާފަދަ އުޅަނދުތައް، މިއަދުން ފެށިގެން 15 ދުވަހުގެތެރޭގައި، ދެކުނުފަރާތު ބަނދަރުގެ ހުޅަނގުކޮޅު ވާޓަރުކައިރިއަށް ބަދަލުކޮށްދެއްވުން އެދެމެވެ. އަދި ވާޓަރު ކައިރީގައި އުޅަނދުފަހަރު އަޅާއިރު، ވާޓަރު ދިގަށް އުޅަނދުފަހަރު އަޅާފައި ނުބޭއްވުމަށްވެސް ދަންނަވަމެވެ. މަތީގައި ދެންނެވިފައިވާ އުޅަނދުފަހަރު ފިޔަވައި، އެހެން އުޅަނދުފަހަރު އެޅުމަށް 2 ފަރާތު ފަޅުގެ އެހެން ސަރަޙައްދުތައް ބޭނުންކުރެއްވުން އެދެމެވެ. މި އުޅަނދުފަހަރުވެސް ވާޓަރު ދިގަށް އަޅާފައި ބޭއްވުމަކީ މަނާކަމެއްކަމުގައި ދަންނަވަމެވެ.

09 ޖަނަވަރީ 2018