ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-AHS2/1/2018/5
ޕަބްލިޝްކުރި ތާރީޚް: 08 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 13:04
ސުންގަޑި: 15 ފެބުރުވަރީ 2018 00:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މާލެއާއި ވިލިނގިލި ފައްތިޔާ/ފަޅުހުއްދަ ރީރަޖިސްޓްރީ ކުރުމަށް ހުޅުވާލުމާއި ބެހޭ

އިޢުލާން

މާލެއާއި ވިލިނގިލިން ފައްތިޔާ / ފަޅުހުއްދަ ރީރަޖިސްޓްރީ  ކުރުމަށް ހުޅުވާލުމާ ބެހޭ

 

މާލެއާއި ވިލިނގިލީ ފަޅުން ފައްތިޔާ ފަޅުހުއްދަ ދޫކުރުމަށް ކަނޑައަޅާ ސަރަހައްދުތަކަށް މިހާރު ބަދަލުތަކެއް ގެނެވިފައިވުމާއިގުޅިގެން،  މާލެއާއި ވިލިނގިލީ ފަޅުން ފައްތިޔާ ، ފަޅުހުއްދަ ދޫކުރުމަށާއި، އަދި  މިހާރު ހުއްދަ ދޫކުރެވިފައިވާ ފަރާތްތަކަށް އަލުން ރީ ރަޖިސްޓްރީކުރުމަށް ހުޅުވާލުމަށްވަނީ ހަމަޖެހިފައެވެ.

ވީމާ، އަލަށް ފައްތިޔާ އަދި ފަޅުހުއްދައަށް އެދޭ ފަރާތްތަކުންނާއި، އަދި މީގެ ކުރިން މި މިނިސްޓްރީން މިފަދަ ހުއްދައެއް ލިބިފައިވާ ފަރާތްތަކުންވެސް " 15 ފެބްރުއަރީ  2018 ގެ ކުރިން އަލުން ރަޖިސްޓަރީ ކުރުމަށްޓަކައި" ފައްތިޔާ ފަޅުހުއްދައަށް އެދޭ ފޯމް  ހުށަހެޅުމަށް ދަންނަވަމެވެ. ފައްތިޔާ ފަޅުހުއްދައަށް އެދޭ ފޯމް މިމިނިސްޓްރީގެ އާންމު ޙިދުމަތްތަކާއި ބެހޭބައި (ތައިސޭކޮށި) ކައުންޓަރުން ރަސްމީ ގަޑީގައި ލިބެންހުންނާނެކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.

 21 ރަބީއުލްއާޚިރު    1439

  08 ޖަނަވަރީ     2018

08 ޖަނަވަރީ 2018