ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)410-C/410/2018/1
ޕަބްލިޝްކުރި ތާރީޚް: 09 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 11:03
ސުންގަޑި: 21 ޖަނަވަރީ 2018 13:00
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި ރަށު ކުނިނައްތާލުމުގެ މަޝްރޫއަށް ބޭނުންވާ ތަކެތި ހޯދުމާއިބެހޭ

އިއުލާން

މި ރަށު ކުނިނައްތާލުމުގެ މަޝްރޫއަށް ބޭނުންވާ ތެކެތި ހޯދުމާއިބެހޭ

 

   މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ތިރީގައި މި ދަންނަވާ ކަންތައްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެވެ.

 

  • ކުނިނައްތާލުމުގެ މަސައްކަތަށް މި އިދާރާއަށް ގެނެސްފައިވާ ބިދޭސީންނަށް ބޭނުންވާ ތިރީގައި މިދަންނަވާ ތަކެތި މި އިދާރާއަށް ގަންނަން ބޭނުން ވެއްޖެވެ.
  • 08 ޔުނީފޫމް މަސައްކަތު މީހުންންގެ (ލައިޓް ގްރޭ ކްލައިގެ އަތްކުރު ޓީޝާޓް އާއިފަޓުލޫނު )
  • 08 ސޭފްޓީ ޝޫޒު
  • ނޯޓް މި އިދާރާއަށް ވަޑައިގެން މަސައްކަތު މީހުންގެ ޔުނީފޯމް މިނާއި ސޭފްޓީގެ މިން ނަގަންޖެހޭނީ މަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތުންނެވެ.

  • ކުނިނައްތާލުމުގެ މަސައްކަތް ކުރުމަށް ބޭނުންވާ ތިރީގައި މި ދަންނަވާ ސާމާނު މިއިދާރާއަށް ގަންނަން ބޭނުން ވެއްޖެވެ.
  • 04 ކަތިވަޅި
  • 04 މަށަން ދަތި ( ދަގަނޑު )
  • 02 ކައްޓި
  • 03 އުދަލި
  • 03 ފަކީރާ
  • 02 ބަރޯގާޑިއާ

 

ޕިކަޕު ދުއްވުމަށްޓަކައި ބޭނުންވާ ސާމާނު

  • ސަތަރި 20 ފޫޓް ފުޅާ ، 27 ފޫޓް ދިގު ( ސަތަރީގެ އަރިމަތި ފަހާފައި ވާގަނޑު އެއްސޭ ގޮތަށް ހުރިން )
  • 12 ޓިއުބުލެސް ފޯމްފުޅި
  • 02 ޓިއުބުލެސް ޓައިރު ( ޕިކްޕްގެ ކުރިމަތީ ފުރޮޅުގެ ނަންބަރާއި ދިމާވެ ޕިކަޕަށް ބޭނުން ކުރެވޭ )
  • ޕިކަޕްގެ އެތެރާއި އަރިމަތީގައި އެލްމެނިއަމް ޝީޓް 6 އެމް.އެމް އަޅާ ރިވެޓްކުރުން
  • 05 ޕްލާސްޓިކް ހަން 200 ލިޓަރުގެ

 

މާކްސް ދެވޭގޮތުގެ ތަފްސީލު:

 

ފޯމިއުލާ

ތަފުސީލު

މާކްސް ދެވޭ ގޮތް

މާކްސްދެވޭ ކްރައިޓީރިއާ

(Benchmark Price / Submitted Price) x Allocated Percentage

*     މަސައްކަތުގެ ޖުމްލަ އަގަށް (މަސައްކަތުގެ އަގާއި ތަކެތީގެ އަގަށް) ދޭ މާކްސް

*     މާކްސްދެވޭނީ ހުށަހަޅާފައިވާ އަގުތަކުގެ ތެރެއިން އެންމެ ކުޑަ އަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

*     މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ ބެންޗް މާރކްގެ ގޮތުގައި ކަނޑައަޅޭ އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށެވެ.

85%

އަގު

( Submitted years of experience / Benchmark  years  ) x Allocated Percentage

*     މި ފަދަ މަސައްކަތް ކުރުމުގެ ތަޖްރިބާ ލިބިފައިވާ ފަރަތްތަކަށް އިސްކަން ދެވޭނެއެވެ،.

*     މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ މަސައްކަތު ތަޖުރިބާއިން ހޭދަވި މުއްދަތާއި އަދި ކުރެވިފައިވާ މަސައްކަތުގެ މިންވަރާއި އަޅައި ބަލައި އެންމެ ތަޖުރިބާ ރަނގަޅު ފަރާތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ ފަރާތެއްގެ މެދުގައި ލިބޭ % އެއް

*     މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ މިއިދާރާގެ ބިޑް އިވެލިއޭޝަން އިން ބެންޗް މާރކްގެ ގޮތުގައި ކަނޑައަޅާ ފަރާތަކަށެވެ.

05%

ތަޖުރިބާ

(Benchmark Duration / Submitted Duration) x Allocated Percentage

*     މަސައްކަތް ކުރުމަށް ހުށަހަޅާ މުއްދަތަށް ދެވޭ މާރކްސް

*     މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން މަސައްކަތް ކުރުމަށް ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް

*    މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރުމުއްދަތު ހުށަހެޅި ފަރާތަށް

10%

މުއްދަތު

 

 

 

މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި ވަޑައިގަންނަވާ ނަމަ އެކަން އެފަރާތަކާއި ހަވާލުކުރި ކަން ބަޔާން ކޮށްފައިވާ ސިޓީ އެއް ގެންނަންވާނެއެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ. އަދި މި މަސައްކަތްތަކަށް ކުރިމަތިލެވޭނީ މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓްގައި މި މަސައްކަތްތަކާއި ގުޅުން ހުރި ދާއިރާއަކުން ވިޔާފާރި ކުރުމުގެ ރަޖިސްޓްރީކޮށްފައި އޮތުމާއެކު މިފަދަ މަސައްކަތް ކުރާ ފަރާތެއް ކަމުގައި ވާންޖެހޭނެއެވެ.

 

ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 16 ޖެނުއަރީ 2018 ވާ އަންގާރަ ދުވަހު 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 21 ޖަނަވަރީ 2018 ވާ އާދީއްތަ ދުވަހު 13:00 އަށް މި އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި ވިޔަފާރި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

 

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

 

 

22 ރަބީއުލްއާޚިރު 1439 ހ.

09 ޖަނަވަރީ 2018