މަސައްކަތް
ނަންބަރު: (IUL)438-ENV/438/2018/12
ޕަބްލިޝްކުރި ތާރީޚް: 09 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 10:39
ސުންގަޑި: 15 ޖަނަވަރީ 2018 11:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
މިނަމާޓާ އިނިޝިއަލް އެސެސްމަންޓް ހެދުމަށް ކޮންސަލްޓެންޓެއް ހޯދުމާބެހޭ

ޝައުގުވެރިކަން ފާޅުކުރުމުގެ ދައުވަތު

މިނަމާޓާ ކޮންވެންޝަނަކީ، މާކިއުރީ މާއްދާއިން ފޯރާ ނޭދެވޭ އަސަރުތަކުން އިންސާނުންގެ ސިއްހަތާއި ތިމާވެށި ރައްކާތެރިކުރުމަށް އެކުލަވާލާފައިވާ ބައިނަލްއަޣްވާމީ ކޮންވެންޝަނެކެވެ. ދިވެހިރާއްޖޭން މި ކޮންވެންޝަން ތަސްދީޤުކޮށް ތަންފީޒުކުރުމަށް އެހީވުމުގެގޮތުން ކުރިޔަށްގެންދާ "ޑިވެލޮޕްމަންޓް އޮފް މިނަމާޓާ އިނިޝިއަލް އެސެސްމަންޓް އިން މޯލްޑިވްސް" މަޝްރޫޢުއަކީ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) އާއި މި މިނިސްޓްރީއާ ގުޅިގެން ހިންގާ މަޝްރޫޢުއެކެވެ.

މި މަޝްރޫޢުގެދަށުން ހަދަންޖެހޭ "މިނަމާޓާ އިނިޝިއަލް އެސެސްމަންޓް" އާއި މި އެސެސްމަންޓް އެކުލަވާލުމަށް ކުރަންޖެހޭ މަސައްކަތްތައް (ޓީ.އޯ.އާރު ގައި ބަޔާން ކޮށްފައިވާގޮތަށް) ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތައް ހޯދުމަށް 27 ޑިސެންބަރު 2017 ގައި ކުރެވުނު ނަންބަރު (IUL)438-ENV/438/2017/254 އިޢުލާނަށް އެކަށީގެންވާ ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ އަލުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ހުޅުވައިލަމެވެ. މި މަސައްކަތް ކުރުމަށް އެދި ހުށަހަޅަންވާނީ އިންޑިވިޑުއަލް ކޮންސަލްޓަންޓެކެވެ.

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފެރެންސް" ޑައުންލޯޑު ކުރެވޭ ގޮތައް، މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

މަސައްކަތުގެ މުއްދަތު:

މި މަސައްކަތް ކުރުމަށް ހޮވޭ ފަރާތާއެކު ފުރަތަމަ ސޮއި ކުރެވޭނީ 05 މަހާއި 10 ދުވަހުގެ ކޮންޓްރެކްޓެއްގައެވެ.

އުޖޫރަ:

މި މަސައްކަތަށް ޖުމްލަ 180,000ރ (އެއް ލައްކަ އަށްޑިހަ ހާސް ރުފިޔާ) ވަނީ ކަނޑައެޅިފައެވެ. ތަފްސީލް ޓާރމްސް އޮފް ރިފެރެންސްގައި ހިމެނިފައި ވާނެއެވެ.

ހުށަހަޅަށްޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓްރެސްޓް)
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ
  • ކުރީގައި ކޮށްފައިވާ މަސައްކަތްތަކުގެ ސާންޕަލް، ޕޯޓްފޯލިއޯ. 

ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ސުންގަޑި:

މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން "ޓާރމްސް އޮފް ރިފަރެންސް" ގައި ދެންނެވިފައިވާ ޝަރުޠު ހަމަވާކަން ސާބިތުކޮށްދޭ ވަނަވަރާއެކު 15 ޖެނުއަރީ 2018 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް "ޕްރޮޕޯސަލް" ހުށަހެޅުއްވުންއެދެމެވެ. ޕްރޮޕޯސަލް ހުށަހަޅަންވާނީ ބަންދުކޮށްފައިވާ އުރައެއްގައެވެ.

އިތުރު މަޢުލޫމާތު:

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފެރެންސް" ޑައުންލޯޑު ކުރެވޭ ގޮތައް، މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް  [email protected] އަށް މެއިލް ކުރެއްވުން އެދި ދެންނެވީމެވެ.

ޕްރޮކިޔުމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާލެ، 20392، ދިވެހިރާއްޖެ

ފޯނު: 3018431 960+ ފެކްސް: 3018301 960+

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

09 ޖަނަވަރީ 2018