ވަޒީފާގެ ފުރުޞަތު
ނަންބަރު: I-2018/01
ޕަބްލިޝްކުރި ތާރީޚް: 08 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 14:02
ސުންގަޑި: 14 ޖަނަވަރީ 2018 15:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވެހިކަލް ޑްރައިވަރ ، އެސިސްޓެންޓް ޓެކްނީޝަން

ވަޒީފާގެ ފުރުޞަތު

މަޤާމް:

އެސިސްޓެންޓް ޓެކްނީޝަން ( މެކޭނިކަލް )

ވަޒީފާގެ ދާއިރާ:       

ހުޅުމާލެ އިންޖީނުގެ

ބޭނުންވާ ޢަދަދު:

02

އަސާސީ މުސާރަ:  

-/5,740ރ ( ފަސް ހާސް ހަތްސަތޭކަ ސާޅީސް ރުފިޔާ )

ފެންވަރު ނުވަތަ ޝަރުޠު:   

މެކޭނިކަލް އިންޖިނިއަރިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ލެވެލް 4 ގެ ސެޓްފިކެޓްއެއް ޙާޞިލްކޮށްފައިވުން ނުވަތަ؛

މެކޭނިކަލް އިންޖިނިއަރިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ލެވެލް 3 ގެ ސެޓްފިކެޓެެއް ޙާޞިލްކޮށްފައިވުމާއިއެކު ދާއިރާއާއި ގުޅޭ 01 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • ހުޅުމާލެ އިންޖީނުގޭގެ އިންޖީނުތައް ބަލަހައްޓާ ކުރަންޖެހޭ މެއިންޓަނަންސް މަސައްކަތްކުރުން.
  • އިންޖީނުގެއާއި އިންޖީނު ރޫމް ބަލަހައްޓައި ކުރަންޖެހޭ މަސައްކަތްކުރުން.
  • އިންޖީނުގޭގައި ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ދެވޭ އިރުޝާދުގެ ދަށުން ކުރުން.
  • ޝިފްޓް ޑިއުޓީ ކުރުން .

މަޤާމް:

އެސިސްޓެންޓް ޓެކްނީޝަން ( އިލެކްޓްރިކަލް )

ވަޒީފާގެ ދާއިރާ:       

ހުޅުމާލެ އިންޖީނުގެ

ބޭނުންވާ ޢަދަދު:

02

އަސާސީ މުސާރަ:  

-/5,740ރ ( ފަސް ހާސް ހަތްސަތޭކަ ސާޅީސް ރުފިޔާ )

ފެންވަރު ނުވަތަ ޝަރުޠު:   

އިލެކްޓްރިކަލް އިންޖިނިއަރިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ލެވެލް 4 ގެ ސެޓްފިކެޓްއެއް ޙާޞިލްކޮށްފައިވުން ނުވަތަ؛

އިލެކްޓްރިކަލް އިންޖިނިއަރިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ލެވެލް 3 ގެ ސެޓްފިކެޓްއެއް ޙާޞިލްކޮށްފައިވުމާއިއެކު 01 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • ހުޅުމާލެ އިންޖީނުގޭގެ ޖަނަރޭޓަރުތައް ބަލަހައްޓާ ކުރަންޖެހޭ މެއިންޓަނަންސް މަސައްކަތްކުރުން.
  • އިންޖީނުގޭގެ ސުވިޗްގިއަރ އާއި ސުވިޗްގިއަރ ރޫމް ބަލަހައްޓާ ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • އިންޖީނުގޭގައި ކުރަންޖެހޭ އެހެނިހެން އިލެކްޓްރިކަލް މަސައްކަތްތައް ދެވޭ އިރުޝާދުގެ ދަށުން ކުރުން.
  • ހުޅުމާލޭގައި ޓްރާންސްމިޝަން އަދި ޑިސްޓްރިބިއުޝަން ނެޓްވޯކުގައި ކުރަންޖެހޭ މަސައްކަތްކުރުން.
  • ޝިފްޓް ޑިއުޓީ ކުރުން.

މަޤާމް:

ވެހިކަލް ޑްރައިވަރ

ވަޒީފާގެ ދާއިރާ:       

ހުޅުމާލެ އިންޖީނުގެ

ބޭނުންވާ ޢަދަދު:

01

އަސާސީ މުސާރަ:  

-/5،600 ( ފަސް ހާސް ހަސަތޭކަ ރުފިޔާ )

ފެންވަރު ނުވަތަ ޝަރުޠު:   

ޑްރައިވިންގ ލައިސަންސް C2,C1,B2,B1, A1,A0  ކެޓަގަރީތަކުގެ ލައިސަންސް އޮތުމާއިއެކު މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރޭވޭ ފަދަ ޢުމުރާއި ސިއްޙަތުގެ ގޮތުން އެކަށީގެންވުން.

ދިވެހި ބަހުން ލިޔަން ކިޔަން އެނގުން.

ދާއިރާގެ މައިގަޑު މަސައްކަތް:

ކުންފުނީގެ ވެހިކަލް ދުއްވުމާއި ވެހިކަލް ބެލެހެއްޓުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތު ހަމަވާ ތާރީޚް:

2018 ޖެނުއަރީ 14  ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުންނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް، 2018 ޖެނުއަރީ 14 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު ( ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.com.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • މި ވަޒީފާތަކަކީ ކޮންޓްރެކްޓް އުޞޫލުން 6 މަސްދުވަހުގެ މުއްދަތަށް ކަނޑައަޅާފައިވާ ވަޒީފާތަކެކެވެ. ނަމަވެސް، ކޮންޓްރެކްޓުގެ މުއްދަތުގެ ތެރޭގައި، ކުންފުނިން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ވަޒީފާ އަދާކޮށްފައިވާނަމަ، 6 މަސްދުވަސް ހަމަވުމުން، ވަޒީފާ ދާއިމީކުރެވޭނެއެވެ.

              21 ރަބީޢުލް އާޚިރު  1439   

              08  ޖެނުއަރީ    2018

08 ޖަނަވަރީ 2018