ޢާންމު މަޢުލޫމާތު
ނަންބަރު: (PR)178-D/PRIV/2018/01
ޕަބްލިޝްކުރި ތާރީޚް: 08 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 09:43
ސުންގަޑި: 11 ޖަނަވަރީ 2018 23:58
ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަން
ދިވެހިރާއްޖެ
ނޫސް ބަޔާން

                                                                                     ނަންބަރު: PR)178-D/PRIV/2018/01)

 

ނޫސް ބަޔާން

 

ޤާނޫނު ނަންބަރު: 6/2008 (އާންމު ގަވާއިދުތަކާއި ބެހޭ ޤާނޫނު) ގެ ޖަދުވަލް 1 ގައި ހިމެނޭ މިބިޔުރޯގެ 'ގިންތި ކަނޑައެޅުމާއި، ދަރަޖަކުރުމުގެ ގަވާއިދު' ގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަންނީ އުފެއްދުމެއް މިބިޔުރޯއިން ކްލެސިފައިނުކޮށް، ދަރަޖަކަނޑަނާޅާ އާންމުކުރުމަކީ މަނާކަމެކެވެ. މިގޮތުން އާންމުކުރެވޭ ހުރިހާ އުފެދުންތަކަކީވެސް އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނާއި ގަވާއިދުތަކާއި، ދިވެހިންގެ އާދަކާދައާއި އަދި އާންމު އިޖުތިމާޢީ މިންގަނޑުތަކަށް ފެތޭ ފޭރާންހެޔޮ އުފެއްދުންތަކަކަށް ހެދުމަކީ މިބިޔުރޯގެ ޒިންމާއެކެވެ.

މިބިޔުރޯގެ މަގްސަދަކީ ފަންނީ އުފެއްދުންތައް އާންމުންނަށް ހުށަހެޅުމުގެ ކުރީން އެއީ ކޮން އުމުރުފުރައަކަށް އެކަށީގެންވާ އުފެއްދުމެއްކަން ކަނޑައަޅައި އާންމުންނަށް އެކަމާބެހޭ މައުލޫމާތު ފޯރުކޮށްދިނުމެވެ. ނަމަވެސް ފަހަކަށްއައިސް ބިޔުރޯއިން ކްލެސިފައިކުރަންޖެހޭ ފަންނީ އުފެއްދުންތައް މިބިޔުރޯއިން ކްލެސިފައިނުކޮށް ދިވެހިރާއްޖޭގައި އާންމުކުރެވެމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ.

ވީމާ، ފަންނީ އުފެއްދުންތަކުގެ ތެރެގައި ހިމެނޭ ފިލްމް، ޑޮކިއުމަންޓްރީ، ޑްރާމާ، ސްޓޭޖް ޝޯ، އިޝްތިހާރު ފިލްމް، އަދަބިއްޔާތު އަދި ރެކޯޑް ކޮށްފައި ހުންނަ ވީޑިއޯ އާއި އަޑު އާންމުކުރާނަމަ ކްލެސިފައިކުރުމަށް މިބިޔުރޯއަށް ހުށަހެޅުމަށް އިލްތިމާސްކުރަމެވެ. އަދި މިބިޔުރޯގެ ހުއްދަނެތި އާންމުކުރެވޭ މިފަދަ އުފެއްދުންތަކާއިމެދު ގަވާއިދުން ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ.

21 ޖުމާދުލްޢާޙިރު  1439 ހ.

08 ޖެނުއަރީ 2018 މ.

08 ޖަނަވަރީ 2018