ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)30-A4/30/2018/3
ޕަބްލިޝްކުރި ތާރީޚް: 08 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 08:58
ސުންގަޑި: 17 ޖަނަވަރީ 2018 14:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 

ވަޒީފާގެ ފުރުޞަތު

މަޤާމް:         އެސިސްޓެންޓް ޕަރޗެސިންގ އޮފިސަރ     

މަޤާމުގެ ކްލެސިފިކޭޝަން:   އޮފިސަރ ގްރޭޑް 1

ރޭންކް:          ޖީ.އެސް.3

މަޤާމުގެ ނަންބަރު:      150663

ގިންތި:           ދާއިމީ

ބޭނުންވާ ޢަދަދު:       1

މުސާރ:          -/4465 ރުފިޔާ

ސަރވިސް އެލަވަންސް:     -/1500 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:  މުސާރައިގެ %35

އޮފީސް:           މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ ސެކްޝަން:      އެޑްމިނިސްޓްރޭޓިވް އެންޑް މެނޭޖްމެންޓް ސެކްޝަން    

މަސައްކަތް ކުރަންޖެހޭތަން:   މިނިސްޓްރީ  

 

މަޤާމުގެ ޝަރުތު       

1-  މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ނުވަތަ މެނޭޖްމަންޓް/ އެޑްމިނިސްޓްރޭޓިވް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2-  ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. 

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • މިނިސްޓްރީއަށް ހޯދަން ބޭނުންވާ ޚިދުމަތާއި ތަކެތި ހޯދުމަށް ތައްޔާރުކުރަންޖެހޭ ލިޔެކިޔުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި އެއްގޮތަށް ތައްޔާރުކުރުން.
  • މިނިސްޓްރީއަށް ހޯދަށް ބޭނުންވާ ޚިދުމަތާއި ތަކެތި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި އެއްގޮތަށް ހޯދުން.
  • މިނިސްޓްރީއަށް ހޯދާ ޚިދުމަތާއި ތަކެތި މިނިސްޓްރީއަށް ބަލައިގަތުމުގެ މަސައްކަތް ކުރަންޖެހިއްޖެ ހާލަތެއްގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި އެއްގޮތަށް އެތަކެތި ބަލައިގަތުން.
  • މިނިސްޓްރީއިން ހޯދާތަކެތި އެހެން ރަށަކަން ނުވަތަ މާލޭގެ އެހެން ސަރަޙައްދަކަށް ފޮނުވަންޖެހިއްޖެ ހާލަތެއްގައި މިނިސްޓްރީއިން ކަނޑައަޅާ އުސޫލެއްގެ މަތިން އެތަކެތި ފޮނުވަންޖެހޭ ތަނަކަށް ފޮނުވައި އެތަކެތި ލިބުނުތޯ ޔަގީންކުރުން.
  • ޚިދުމަތާއި ތަކެތި ހޯދުމުގެ މަސައްކަތުގައި ތައްޔާރުކުރެވޭ ލިޔެކިޔުން އަދި ލިބޭ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި ފައިލް ކުރުން. 

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 

-  ލިބިފައިވާތަޢުލީމާއި، ތަމްރީން

-  ދައުލަތުގެ  މާލިއްޔަތު ޤަވާޢިދަށް އަހުލުވެރިމިންވަރު

-  ސިވިލް ސާރވިސް ޤަވާއިދަށް އަހުލުވެރި މިންވަރު.

މަޤާމް:          އެސިސްޓެންޓް އެގްރިކަލްޗަރ އޮފިސަރ   

މަޤާމުގެ ކްލެސިފިކޭޝަން:    ސިސްޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް:           ޖީ.އެސް.4

މަޤާމުގެ ނަންބަރު:      118070

ގިންތި:           ދާއިމީ

ބޭނުންވާ ޢަދަދު:       1

މުސާރ:          -/5020 ރުފިޔާ

ސަރވިސް އެލަވަންސް:     -/1500 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35

އޮފީސް:        މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ ސެކްޝަން:   ޓްރެއިނިންގ، އެކްޓެންޝަން އެންޑް އެޑެޕްޓިވް ރިސާރޗް ސެކްޝަން

މަސައްކަތް ކުރަންޖެހޭތަން:  ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރ  

މަޤާމުގެ ޝަރުތު       

1- މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން  ނުވަތަ އެގްރިކަލްޗަރ ދާއިރާއަކުން ނުވަތަ އެންވައިރަމެންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުން.

2- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައި ވުމާއެކު އޭގެ އިތުރުން ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

3- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

  

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ދަނޑުވެރިންނަށް އަމާޒުކޮށް އެކި ރަށްރަށުގައި ހިންގޭ ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމްތައް (ގަހަށްޖެހޭ ބަލިތަކާއި  ބޭސް ބޭނުންކުރުމާއި އަދި ކާނާބޭނުން ކުރާނެ ގޮތްތައް ޑެމޮންސްޓްރޭޓް ކުރުން)  ރާވާ ހިންގުމާއި ދަނޑުވެރިންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ދަނޑުވެރިންނަށް ފަންނީ ލަފާދީ އެހީތެރިވެދިނުން.           
  • ދަނޑުވެރިކަމުގެ ފަންނީ މީހުން ބިނާކުރުމަށް ސެންޓަރުގައި ހިންގޭ ޕްރޮގްރާމްތައް ރާވާ ހިންގުން، ދަނޑުވެރިކަމުގެ މައުލޫމާތު ހޯދުމަށް ސެންޓަރަށް ޒިޔާރަތްކުރާ ފަރާތްތަކަށާއި ފޯނުގެ ޒަރިއްޔާއިން މައުލޫމާތު ހޯދުމަށް ގުޅާ ފަރާތްތަކަށް، ބޭނުންވާ މައުލޫމާތު ފޯރުކޮށްދީ އެހީތެރިވެދިނުން.                           
  • ދަނޑުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް ކުރެވެންހުރި ކަންތައްތަކާއި ގުޅޭ މައުލޫމާތު ހޯދާ، ރާއްޖޭގެ ދަނޑުވެރިކަމުގެ ތަރައްޤީއަށް ބޭނުން ހިފިދާނޭ ފަހުގެ ޓެކްނޮލޮޖީ ރާއްޖެއަށް ތައާރަފްކުރުމާއި އެކަންތައްތައް ތަޖުރިބާކުރުމުގެ މަސައްކަތްތައް ކުރުން.
  • މިނިސްޓްރީން ފާހަގަކުރާ ދަނޑުވެރިންގެ ދުވަހާއި މަސްވެރިންގެ ދުވަހުގެ މުނާސަބުތަކާ ގުޅުވައިގެން ހިންގޭ ހަރަކާތްތައް ރޭވުމުގައި އެހީތެރިވުމާއި ހިންގުން. 

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 

- ލިބިފައިވާތަޢުލީމާއި، ތަމްރީން

- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ

- ސިވިލް ސާރވިސް ޤަވާއިދަށް އަހުލުވެރި މިންވަރު.  

މަޤާމް:           އެގްރިކަލްޗަރ އޮފިސަރ   

މަޤާމުގެ ކްލެސިފިކޭޝަން:     ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:            އެމް.އެސް 2

މަޤާމުގެ ނަންބަރު:        118081

ގިންތި:             ދާއިމީ

ބޭނުންވާ ޢަދަދު:         1

މުސާރ:            -/5610 ރުފިޔާ

ސަރވިސް އެލަވަންސް:       -/2000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:    މުސާރައިގެ %35

އޮފީސް:             މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ ސެކްޝަން:        އެގްރިކަލްޗރަ ޕްރޮޑަކްޝަން އެންޑް ޕްރޮޑަކްޓް ޑައިވާސިފިކޭޝަން ސެކްޝަން

މަސައްކަތް ކުރަންޖެހޭތަން:      މިނިސްޓްރީ

މަޤާމުގެ ޝަރުތު       

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން  ނުވަތަ އެގްރިކަލްޗަރ ދާއިރާއަކުން ނުވަތަ އެންވަޔަރަމެންޓް ނުވަތަ ސައިންސްގެ ދާއިރާއަކުން ނުވަތަ ބިޒްނަސް މެނޭޖްމަންޓް ދާއިރާއަކުން ނުވަތަ އިކޮނޮމިކްސް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  2. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން  ނުވަތަ އެގްރިކަލްޗަރ ދާއިރާއަކުން ނުވަތަ އެންވަޔަރަމެންޓް ނުވަތަ ސައިންސްގެ ދާއިރާއަކުން ނުވަތަ ބިޒްނަސް މެނޭޖްމަންޓް ދާއިރާއަކުން ނުވަތަ އިކޮނޮމިކްސް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
  3. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން  ނުވަތަ އެގްރިކަލްޗަރ ދާއިރާއަކުން ނުވަތަ އެންވަޔަރަމެންޓް ނުވަތަ ސައިންސްގެ ދާއިރާއަކުން ނުވަތަ ބިޒްނަސް މެނޭޖްމަންޓް ދާއިރާއަކުން ނުވަތަ އިކޮނޮމިކްސް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުން.

  

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ސެކްޝަނުން ހިންގާ ދަނޑުވެރިކަމުގެ ޕްރޮޖެކްޓްތައް/ޕްރޮގްރާމްތައް ރާވާ، އަތޮޅުތަކަށް ދަތުރުކޮށް އިމްޕްލިމެންޓްކުރުން
  • ސެކްޝަނުން ހިންގާ ޕްރޮޖެކްޓް އަދި ޕްރޮގްރާމްތައް ހިނގާ ގޮތް މޮނިޓަރކުރުން.
  • ސެކްޝަނުން ހިންގާ ދަނޑުވެރިކަމުގެ ލޯނު ޕްރޮގްރާމް، އިންޝުއަރެންސް ޕްރޮގަރާމްތައް ކުރިއަށް ގެންދިޔުން.
  • ސެކްޝަނާއި ގުޅުންހުރި އެންމެހާ އިދާރީ ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން
  • ދަނޑުވެރިކަމުގެ ވިޔަފާރިކުރިއެރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
  • ރާއްޖޭގެ ފޮރެސްޓްރީ ކުރިއެރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
  • ސެކްޝަންގެ އެހެން މުވައްޒަފުންގެ މަސައްކަތް ވަގުތަށް ނުނިމޭ ހާލަތްތަކުގައި ނުވަތަ އެހެން މުވައްޒަފަކަށް ޙާޞިރުނުވެވޭ ހާލަތްތަކުގައި އެމުވައްޒަފެއްގެ ވަޒީފާ ބަޔާނުގައި ހިމެނޭ މަސައްކަތްތަކުން ސެކްޝަންގެ ވެރިޔަކު ވަގުތީގޮތުން ޙަވާލުކުރާ މަސައްކަތް ކުރުމާއި އަދި އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅޭ ގޮތުން ޙަވާލުކުރެވޭ މަސައްކަތް ކުރުން.

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 

- ލިބިފައިވާތަޢުލީމާއި، ތަމްރީން

- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ

- ސިވިލް ސާރވިސް ޤަވާއިދަށް އަހުލުވެރި މިންވަރު.

އިތުރު ޢިނާޔަތްތައް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

ހުށަހަޅަންޖެހޭ ލިޔުންތައް

1- ފުރިހަމަކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި  ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް:

4- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމްދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ރ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވކް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓުތަކުގެ ކޮޕީ.

6- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

7- ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ.

8- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުގެ ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

     (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި

      މަސައްކަތް ބަޔާންކޮށް އެ އޮފީހުން ދޫކޮށްފައިވާ ލިޔުން.

     (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ       އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ 

މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

މަގާމަށް މީހުން ހޮވުމުގައި ބާއްވާ އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި އިމްތިހާނު ކުރުން

މިމަގާމަޤާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު/ޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި، އިމްތިޙާނުކުރުން، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު މަސައްކަތު 15 ދުވަހުގެ ތެރޭގައި މި މިނިސްޓްރީގައި ނުވަތަ މި މިނިސްޓްރީން ކަނޑައަޅާތަނެއްގައި އޮންނާނެއެވެ. 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމް މި މި މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓް www.fishagri.gov.mv ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ  ތަކެތި ހުށަހަޅާނީ 2018 ޖަނަވަރީ  17 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ (ހ. ވެލާނާގެ 7 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އީމެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ ޝޯޓް ލިސްޓް ކުރެވޭނެއެވެ. 

މި މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ  ޖުމްލަ 30 އިންސައްތަ ލިބެން ވާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3339241/3339244 ފޯނާއި ގުޅުއްވުން އެދެމެވެ.

            21 ރަބީޢުލްއާޚރި  1439

            08 ޖަނަވަރީ     2018

08 ޖަނަވަރީ 2018