ވަޒީފާގެ ފުރުޞަތު
ނަންބަރު: 137-HR/IU/2018/02
ޕަބްލިޝްކުރި ތާރީޚް: 07 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 14:00
ސުންގަޑި: 17 ޖަނަވަރީ 2018 13:30
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ސީނިއަރ ރެޖިސްޓަރޑް ނަރސް

މަޤާމް :ސީނިއަރ ރެޖިސްޓަރޑް ނަރސް
ބޭނުންވާ އަދަދު :3

ވަޒީފާގެ ފުރުޞަތު:

 

        މި ހޮސްޕިޓަލުގެ، ތިރީގައިމިވާ މަޤާމްތަކަށްމީހުން ބޭނުންވެއްޖެއެވެ. މިމަޤާމްތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.

މަޤާމް:

ސީނިއަރ ރެޖިސްޓަރޑް ނަރސް

 

މަޤާމުގެ ނަންބަރު:

   J-267531, J-267200, J-267016

 

ބޭނުންވާ އަދަދު:

3 (ތިނެއް)

 

މަޤާމުގެ ގިންތި:

ދާއިމީ

 

މަޤާމުގެ ރޭންކް:

އެމް.އެސް.2

 

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

 

ސެކްޝަން

ނަރސިންގ ޑިޕާޓްމަންޓް

 

މަޤާމު އޮތް އޮފީސް:

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް

 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް / މާލެ

 

މުސާރަ:

މަހަކު -/6295 ރުފިޔާ

 

ސަރވިސް އެލެވަންސް:

ރިސްކް އެލެވަންސް:

މަހަކު -/2500 ރުފިޔާ

-/100 ރުފިޔާ ( މަސައްކަތައް ނުކުންނަ ދުވަހަކަށް)

 

އިތުރު ޢިނާޔަތްތައް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

(މީގެ އިތުރުން މަޤާމަށް ކަނޑައެޅިފައިވާ ޢިނާޔަތްތައް)

 

 

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- ބަލިމީހާއާއި ބަލިމީހުންގެ އެހީތެރިންގެ އެހީގައި ޖިސްމާނީ،ނަފްސާނީ، އިޖްތިމާޢީ އަދި ދީނީގޮތުން ބަލިމީހާ ހިތްހަމަޖެހޭ ކަހަލަ މާހައުލެއް ޤާއިމު ކުރުން.

2- މެޑިކަލް އިމަރޖެންސީ ހާލަތްތަކުގައި އަންގަންވާ ފަރާތްތަކަށް އެންގުމާއި އަދި އެހީތެރިކަން ލިބެންދެން ފަރުވާގައި ދެމިހުރުން.

3- ބަލިމީހާއަށް އަމާޒުކުރެވިފައިވާ ފަރުވާގެ ކަންތައްތައް ދިރާސާކުރުމަށްފަހު އިތުރަށް ބޭނުންވާ ފަރުވާ ހޮސްޕިޓަލުގެ އަދި މޯލްޑިވްސް ނަރސިންގ ކައުންސިލްގެ މިންގަނޑުތަކާއި އެއްގޮތަށް ހަމަޖެއްސުން.

4- ބަލިމީހުންނަށް ފަރުވާކުރިއަށްދާގޮތާއި ކެއުން/ބުއިން އަދި ހަރަކާތްތައް ހުންނަގޮތް މޮނީޓަރކުރުން.

5- ބަލިމީހުން ރަގަނޅުވަމުން އަންނަވަރު ދެނެގަތުމާއި އަދި އިތުރަށް ފަރުވާގެ ކަންތައްތައް ރޭވުމަށް ބޭނުންވާ ޓެސްޓް ހެދޭނެގޮތް އިންތިޒާމުކޮށް އެޓެސްޓްތައް އިންޓަރޕްރިޓްކުރުން.

6- ހޮސްޕިޓަލުގެ އިންފެކްޝަން ކޮންޓްރޯލް ގައިޑްލައިން އަދި ބޭސް ދިނުމުގެ ގައިޑްލައިން ބޭނުންކޮށްގެން ބަލިމީހުންނާއި އަމިއްލަމީހާ އަދި އެހެން މުވައްޒަފުން ރައްކާތެރިކުރުން.

7- ބަލިމީހުންގެ ފަރުވާގެ ހުރިހާ ރެކޯޑްތައް ބަލިމީހުންގެ ޗާޓުގައި އަދި ހޮސްޕިޓަލުގެ ރެކޯޑުގައި ލިޔެ ބެލެހެއްޓުން.

8- ލިޔެކިޔުމުންނާއި އެހެނިހެން ގޮތްގޮތަށް މުވައްޒަފުންގެ މެދުގައި މުޢާމަލާތްކުރެވިގެން ބަލިމީހާއަށް ކުރެވިފައިވާ ކަންތައްތަކާއި އިތުރަށް ބޭނުންވާ ކަންތައްތައް ދަނެގެން ނަރސިންގ ކެއަރ މެދުނުކެނޑޭގޮތަށް ދެމެހެއްޓުން.

9- ބަލިމީހުންނަށް އިތުބާރު ކުރެވޭފަދަ ގޮތަކަށް ބަލިމީހުންގެ މަޢުލޫމާތާއި ސިއްރު ހިފެހެއްޓުން އަދި ދާއިރާއާއި ގުޅުންހުރި މުވައްޒަފުންގެ ސިއްރު ހިފެހެއްޓުން.

10- ބަލިން ރައްކާތެރިވުމަށާއި ބަލިން އަރައިގަތުމަށް ބޭނުންވާ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ބަލިމީހާއާއި އާއިލާ އަދި އެހެން އެހީތެރިންނަށް ބަލިމީހާގެ ހާލަތާއި ބޭހާއި ބެހޭގޮތުން އަދި އަމިއްލައަށް ކުރަންޖެހޭ ކަންތައްތަކަށް އަހުލުވެރިކުރުވުން.

11-  ބަލިމީހުންނާއި މުވައްޒަފުން އަދި ހޮސްޕިޓަލަށް ނުރައްކާވާފަދަކަމެއް ދިމާވެއްޖެނަމަ ކަމާއިބެހޭ ފަރާތްތަކަށް ރިޕޯޓްކުރުން.

 

 

މަޤާމުގެ ޝަރުތުތައް:

  1. ސަރުކާރު ގަބޫލްކުރާ އިންސްޓިޓިއުޓް އެއްގައި ނާރސިންގ ޑިގްރީއެއް ހާސިލްކުރުމަށްފަހު 2 އަހަރު ދުވަހު ރެޖިސްޓަރޑް ނަރސް އެއްގެ ގޮތުގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.  ނުވަތަ
  2. ރެޖިސްޓަރޑް ނަރސް އެއްގެ ގޮތުގައި 4 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން. އަދި
  • ޕަރފޯމަންސް އެޕްރައިސަލްގެ ފާއިތުވި 4 އަހަރުގެ އެވްރެޖް %80 ވުރެ މަތި ހާސިލްކޮށްފައިވުން. އަދި
  • މަސައްކަތުގެ ޒިންމާ އުފުލަން އެނގުމާއެކު ގަވާއިދުތަކަށް ފަރުވާ ބެހެއްޓުން. އަދި
  • އަޚްލާގީ (ޑިސިޕްލިން) އަދި މެޑިކަލް ނެގްލިޖެންސް ގެ އެއްވެސް މައްސަލައެއް ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި ރެކޯރޑް ކުރެވިފައި ނެތުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް.

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތައް)

  1. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް  ފެންނަ، އަދި ލިޔެވިފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މުއްދަތު ހަމަނުވާ ނަރސިންގ ރެޖިސްޓްރޭޝަން އަދި ލައިސަންސް ގެކޮޕީ
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް،  މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލް ސަރވިސްއިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިއުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ، ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުން  ލިބެން ހުންނާނެއެވެ. އަދި މި ހޮސްޕިޓަލުގެ www.igmh.gov.mv ވެބްސައިޓުން ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 17 ޖަނަވަރީ 2018 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން، މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ، ހިއުމަން ރިސޯސަސް ޑިޕާޓްމަންޓް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ،  [email protected] އެވެ. ފެކްސް ނަންބަރަކީ، 3316640 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ   ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ، 2018 ޖަނަވަރީ ނުވަތަ ފެބްރުއަރީ މަހުގެ ތެރޭގައި ، މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ، ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 20 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް  ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

 

  30 % (ތިރީސް އިންސައްތަ).

 

އިތުރު މަޢުލޫމާތު ހޯދުން:

މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3335221 ނަންބަރު ފޯނަށް، ނުވަތަ 3335343 ނަންބަރު ފޯނަށެވެ.

 

 

20 ރަބީއުލްއާހިރު 1439ހ

07 ޖަނަވަރީ 2018މ

07 ޖަނަވަރީ 2018