ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)339-CAA/339/2018/5
ޕަބްލިޝްކުރި ތާރީޚް: 07 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 09:51
ސުންގަޑި: 16 ޖަނަވަރީ 2018 13:00
އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީނިއަރ މުނިސިޕަލް ސަރވިސް އޮފިސަރ

މަޤާމް:

ސީނިއަރ މުނިސިޕަލް ސަރވިސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-221407

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 2                                              

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ސެކްޝަން:

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓް

މަޤާމް އޮތް އޮފީސް:

އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ، އއ. ތޮއްޑޫ

މުސާރަ:

-/6295ރ (ހަހާސް ދުއިސައްތަ ނުވަދިހަފަހެއް) ރުފިޔާ

ސަރވިސް އެލެވަންސް:

-/2000ރ (ދެ ހާސް) ރުފިޔާ

 

އިތުރު ޢިނާޔަތްތައް:

1.         ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2.         ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3.         ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1.        ދިވެހިރާއްޖޭގެ ބިމާބެހޭ ޤަނޫނާއި އެއްގޮތްވާ ގޮތުގެ މަތިން އަދި ރަށުގެ ލޭންޑް ޔޫސްޑް ޕްލޭނާ ތަޢާރަޒުނުވާނެ ގޮތުގެ މަތިން  އެންމެހައި ބިންތައް ދޫކުރުމާއި، ކަންމުޑި އެޅުމާއި، ދެގޯތި ދެމެދުގައި ހިނގާ އިމުގެ މައްސަލަތައް ޙައްލުކުރުމާއި، ގޯތީގެ ރަޖިސްޓްރީއާއި ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުމާއި މަގުކޮނުމަށް ހުއްދަދިނުމާއި ގުޅޭ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

2.        ކައުންސިލްގެ ލަފާގެ މަތީން ދަނޑުބިން ދޫކުރުމާއިބެހޭ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ހަމަޖެހިފައިވާ އުސޫލުން  ކުރުމާއި، ދަނޑުބިން ތަކާއިބެހޭ ގޮތުން ހުށަހެޅޭ އެންމެހައި މައްސަލަތައް ބަލައި ހައްލުކުރުމާއި، ރިކޯޑްތައް ބެލެހެއްޓުން.

3.        ދިވެހިރާއްޖޭގެ ޢިމާރާތްކުރުމުގެ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ރަށުގައި ޢިމާރާތްކުރުމުގެ ކަންކަން ބަލަހައްޓައި، އެކިއެކި ފަރާތްތަކުން ރަށުގެ ބިމާއި ގުޅޭގޮތުން ހިންގާ އެންމެހައި މުޢާމަލާތްތަކުގެ ރިކޯޑްތައް ބެލެހެއްޓުން.

4.        ކައުންސިލްގެ ލަފާގެ މަތިން ރަށުގެ މަގުތައް ހެދުމާއި މަރާމާތުކުރުމާއި، މަގުތަކާއި ޢާއްމު ޕާކުތަކާއި އިޖްތިމާޢީ ސަރަޙައްދުތައް ސާފްތާހިރުކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.

5.        ކަރަންޓާއި ފެނާއި ނަރުދަމާ ނިޒާމު ފަދަ ޢާއްމު ޚިދްމަތަކާއި ގުޅޭ ގޮތުން ހުށަހެޅޭ މައްސަލަތައް ރިކޯޑްކޮށް ބެލެހެއްޓުން.

6.        ކައުންސިލްގެ ލަފާގެ މަތީން ރަށުގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ލިޔެ ބެލެހެއްޓުން.

7.        ޢާންމު ޚިދުމަތްތަކާއި ގުޅޭގޮތުން ކުރިއަށްގެންދެވޭ ކަންކަމުގައި، ޢަމަލީގޮތުން ބައިވެރިވެ އެކަންކަންބަލައި ކަމާއިގުޅޭ ލިޔެކިޔުންތައް ރެކޯޑްކޮށް ބެލެހެއްޓުން.

8.        ކައުންސިލުން ކަނޑައަޅާފައިވާ ޤަވާއިދުތަކާއި ޢުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ރަށުގެ ޤަބުރުސްތާނު ބެލެހެއްޓުމާއި ކަށުކަމާކެމީގެ ކަންތައް ކުރެވޭނެ ނިޒާމް ޤާއިމްކޮށްދިނުމާއި، ކަށުކަމާކެމީގެ ކަންކަން ހަމަޖެއްސުން.

9.        ކައުންސިލްގެ ލަފާގެމަތިން މަގުބައްތި ދިއްލުމުގެ އިންތިޒާމް ރާވައި ހިންގައި ބެލެހެއްޓުން.

10.    މިސްކިތު މުވައްޒަފުން ސްޕަވައިޒްކުރުން.

11.    ޤުދުރަތީ ކާރިސާތަކުގައި ލިބޭ ގެއްލުންތަކާއި ކާރިސާތަކާ ބެހޭ ރިޕޯޓް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމާއި، އެގެއްލުންތަކަށް ލިބެންވާ އެހީ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އެގެއްލުމާއިބެހޭ ލިޔުންތައް ރެކޯޑްކޮށް ބެލެހެއްޓުން.

12.    ގޯތިގޯއްޗާއި މަގުގޯޅިތަކަށް އަރާ ރުއްގަހާއިބެހޭ ކަންކަން ބެލެހެއްޓުމާއި ރުއްގަހުގެ ބަދަލުފައިސާ ދިނުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުމާއި ރުއްގަހުގެ ދަފްތަރު އެކުލަވާލުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

13.    މަޤާމާއި ގުޅުންހުރި ދާއިރާގެ އެކިއެކި ރިޕޯޓްތައް ފޮނުވަންޖެހޭ މުއްދަތުގައި ޤަވާޢިދުން ކަމާއިބެހޭ ފަރާތްތަކަށް ފޮނުވުން.

އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

1.         ޕްރޮޖެކްޓް މެނޭޖްމަންޓް / ޕްލޭނިންގ / އޮފީސް މެނޭޖްމަންޓް / ހިއުމަން ރިސޯސް މެނޭޖްމަންޓް / އިންފޮމޭޝަން ޓެކްނޮލޮޖީ / އޮފީސް އެޑްމިނިސްޓްރޭޝަން  ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

2.         ޕްރޮޖެކްޓް މެނޭޖްމަންޓް / ޕްލޭނިންގ / އޮފީސް މެނޭޖްމަންޓް / ހިއުމަން ރިސޯސް މެނޭޖްމަންޓް / އިންފޮމޭޝަން ޓެކްނޮލޮޖީ / އޮފީސް އެޑްމިނިސްޓްރޭޝަން  ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

3.         ޕްރޮޖެކްޓް މެނޭޖްމަންޓް / ޕްލޭނިންގ / އޮފީސް މެނޭޖްމަންޓް / ހިއުމަން ރިސޯސް މެނޭޖްމަންޓް / އިންފޮމޭޝަން ޓެކްނޮލޮޖީ / އޮފީސް އެޑްމިނިސްޓްރޭޝަން  ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައި ވުން، ނުވަތަ

ޕްރޮޖެކްޓް މެނޭޖްމަންޓް / ޕްލޭނިންގ / އޮފީސް މެނޭޖްމަންޓް / ހިއުމަން ރިސޯސް މެނޭޖްމަންޓް / އިންފޮމޭޝަން ޓެކްނޮލޮޖީ / އޮފީސް އެޑްމިނިސްޓްރޭޝަން  ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލް ކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

%އިންސައްތަ

ދެވޭ އެންމެ މަތީމާކުސް

ބެލޭނެ ބައިތަށް

ދާއިރާ

25.5

60

ލިބިފައިވާ އިތުރު ތަޢުލީމް

ތަޢުލީމާއި ތަމްރީން

12.5

30

ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން

 

5

12

ސިވިލްސާރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިހާން

އިމްތިހާން

10

23

ވަޒީފާއާ ގުޅޭ ތަޖުރިބާ

މަސައްކަތުގެ ތަޖުރިބާ

4

10

އެހެނިހެން ތަޖުރިބާ

 

43

100

އިންޓަރވިއު / ޕެރެކްޓިކަލްސް

ލިބިފައިވާ ހުނަރު

100

235

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1.     ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު

2.     ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3.     ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4.     ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5.     ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6.     ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7.     ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8.     މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު އއ. ތޮއްޑޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 ޖަނަވަރީ 16ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން އއ. ތޮއްޑޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ މެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލު ކުރެވޭނެ އެވެ

އިންޓަވިއު  އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު 18 ޖަނަވަރީ 2018 އާއި 27 ޖަނަވަރީ 2018 އާއި ދެމެދު އއ.ތޮއްޑޫ ކައުންސިލް އިދާރާގަ އޮންނާނެ އެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 (ދިހައެއް)  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 (ދިހައެއް) ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާއެއްގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ %40 (ސާޅިސް އިންސައްތަ) އަށްވުރެމަތިވާންޖެހޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (6660537) ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

07 ޖަނަވަރީ 2018