މުބާރާތް
ނަންބަރު: (IUL)160-A/1/2018/2
ޕަބްލިޝްކުރި ތާރީޚް: 04 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 15:02
ސުންގަޑި: 24 ފެބުރުވަރީ 2018 13:30
ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ސްކޫލް ޤުރުއާން މުބާރާތް 2018

އިޢުލާން

 

ސްކޫލް ޤުރުއާން މުބާރާތް 2018

 

        ދިވެހި ރާއްޖޭގެ ސްކޫލްތަކުގެ ޤުރުއާން މުބާރާތް  2018 މި އަހަރު ފެށުމަށް ހަމަޖެހިފައިވަނީ 24 މާރިޗު 2018 ވަނަ ދުވަހު މާލޭގައެވެ.      

       

 

  1. 1.      މުބާރާތުގެ ގޮފިތައް :

 

  1. 1.      ފޮތުން ކިޔެވުމުގެ ގޮފި
  2. 2.      ހިތުން ކިޔެވުމުގެ ގޮފި
  3. 3.      ޚާފިޘުންގެ ގޮފި
  4. 2.      މުބާރާތުގެ ބައިތައް

    މި މުބާރާތުގައި ހިމެނެނީ 3 ގޮތްޕެވެ. އެއީ ފޮތުން ކިޔެވުމުގެ ގޮތްޕާއި  ހިތުން ކިޔެވުމުގެ ގޮތްޕާއި ޚާފިޘުންގެ ގޮތްޕެވެ. މިއިން ކޮންމެ ގޮތްޕެއް  ބެހިފައިވަނީ ތިން ބަޔަށެވެ. މި ބައިތަކަކީ

 

ފޮތުން ކިޔެވުމުގެ ގޮފި

ހިތުން ކިޔެވުމުގެ ގޮފި

ޚާފިޘުންގެ ގޮފި

ވިދިވިދިގެން 5 ފޮތް

ތަޖްވީދު ހަމަތަކުގެ މަތިން

ވިދިވިދިގެން 2 ފޮތް

ތަޖްވީދު ހަމަތަކުގެ މަތިން

މިއީ މުޅި ޤުރުއާން ހިތުދަސް ދަރިވަރުންނަށް ޚާއްޞަ ކުރެވިފައިވާ ބައެކެވެ. މި ބައިގައިވެސް ކިޔަވަން ޖެހޭނީ ތަޖްވީދުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ވިދިވިދިގެން 10 ފޮތް

ތަޖްވީދު ހަމަތަކުގެ މަތިން

ވިދިވިދިގެން  4 ފޮތް

ތަޖްވީދު ހަމަތަކުގެ މަތިން

ވިދިވިދިގެން 15 ފޮތް

ތަޖްވީދު ހަމަތަކުގެ މަތިން

ވިދިވިދިގެން  6 ފޮތް

ތަޖްވީދު ހަމަތަކުގެ މަތިން

 

 

 

  1. 3.      މުބާރާތުގައި ބައިވެރިވުން

-           މި މުބާރާތުގައި ބައިވެރިވެވޭނީ ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީ ވެފައިވާ ހުރިހާ ސްކޫލް ތަކަށެވެ.

-           މުބާރާތުގައި ބައިވެރިވެވޭނީ މިކަމަށްޓަކައި ކީރިތި ޤުރްއާނާބެހޭ މަރުކަޒުން ތައްޔާރުކޮށްފައިވާ ފޯމާއި ލިސްޓު ފުރައި މުބާރާތުގައި ބައިވެރިވުމަށް އެދި  މަރުކަޒަށް ހުށައަޅައި މަރުކަޒުން އެކަން ޤަބޫލު ކުރިކަން އެންގުމުންނެވެ. ( މުބާރާތުގެ ބައިވެރިންގެ ލިސްޓު މަރުކަޒުގެ ވެބްސައިޓުގައި ޝާއިޢު ކުރެވޭނެއެވެ.)

-           މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް 2018 ފެބްރުއަރީ 24 ވަނަ ދުވަހުގެ ކުރިން މަރްކަޒަށް ހުށައަޅަން ވާނެއެވެ.

-          މުބާރާތުގައި ބައިވެރި ވުމަށް އެދޭ ފޯމާއި ލިސްޓު މަރުކަޒުންނާއި މަރުކަޒުގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.

 

 

  1. 4.      މުބާރާތުގައި ހޮވަން ހަމަޖެހިފައިވާ ވަނަތައް:
  2. މުބާރާތުގެ ފޮތުން ކިޔެވުމުގެ ގޮފީގެ ކޮންމެ ބަޔަކުން އެންމެ މޮޅު 3 ދަރިވަރުން
  3. މުބާރާތުގެ ހިތުން ކިޔެވުމުގެ ގޮފީގެ ކޮންމެ ބަޔަކުން އެންމެ މޮޅު 3 ދަރިވަރުން
  4. މުބާރާތުގެ ޙާފިޡުންގެ ގޮފިން އެންމެ މޮޅު 3 ދަރިވަރުން
  5. މުބާރާތުގެ ފޮތުން ކިޔެވުމުގެ ގޮފިން އެންމެ މޮޅު 3 ސްކޫލް
  6. މުބާރާތުގެ ހިތުން ކިޔެވުމުގެ ގޮފިން އެންމެ މޮޅު 3 ސްކޫލް  

 

  1. 5.      މުބާރާތުގައި ބައިވެރިވުމުގެ ޝަރުތުތަކާއި އިތުރު މަޢުލޫމާތު :

 

މުބާރާތުގައި ބައިވެރިވުމާއި ޝަރުތުތަކާއި އިތުރު މަޢުލޫމާތު މުބާރާތުގެ ގަވާއިދުގައި ވާނެއެވެ. މި ގަވާއިދު ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

ވިމާ، މިކަން ޢާއްމުކޮށް އެންގުމަށް އިޢްލާން ކުރީމެވެ. 

04 ޖަނަވަރީ 2018