މަސައްކަތް
ނަންބަރު: (IUL)/273/273/2018/1
ޕަބްލިޝްކުރި ތާރީޚް: 04 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 14:25
ސުންގަޑި: 11 ޖަނަވަރީ 2018 11:00
މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދައުވަތު

 

                                                           ނަންބަރ 1/IUL)/273/273/2018)

  

އިޢުލާން

ބީލަން ހުށަހެޅުމުގެ ދައުވަތު

 

             މިއިދާރާގެ ނަންބަރު IUL)/273/273/2017/29)  އިޢުލާން ބާޠިލް ކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ.

             ށ. ގޮއިދޫގެ ބަނދަރު ސަރަހައްދު ، ކުޅިވަރު ކުޅޭ ސަރަހައްދު އަދި މަސްޖިދުލް ރިޟްވާން ކައިރީ ގައިވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ގާއިމުކުރުމަށް ބޭނުންވެއެވެ. ވީމާ މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު ހުޅުވާލަމެވެ.

             ބީލަން ފޮތް ބަންދު ނޫން ކޮންމެ ދުވަހަކު 10:00 އިން 13:30 ށ. ގޮއިދޫ ގެ އިދާރާއިން ހިލޭ ލިބިވަޑައިގަންނަވާނެއެވެ.

             މިމަޝްރޫއުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 11 ޖެނުއަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ގޮއިދޫ ކައުންސިލްގެ އިދާރާގެ ކޮންފަރޭންސް ހޯލް ގައެވެ.

             ބިޑް ހުޅުވުން އޮންނާނީ 18 ޖެނުއަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ގޮއިދޫ ކައުންސިލްގެ އިދާރާގެ ކޮންފަރޭންސް ހޯލް ގައެވެ. ބީލަންތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ތިރީގައިވާ މައުލޫމާތު ލިޔެފައި ހުންނަން ވާނެއެވެ.

ހ. "ށ. ގޮއިދޫގެ ބަނދަރު ސަރަހައްދު ، ކުޅިވަރު ކުޅޭ ސަރަހައްދު އަދި މަސްޖިދުލް ރިޞްވާން ކައިރީގައިވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް"

ށ. ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު

ނ. ބީލަން ހުށަހަޅާ ތާރީޚާއި ވަގުތު

04 ޖެނުއަރީ 2018

04 ޖަނަވަރީ 2018