ވަޒީފާގެ ފުރުޞަތު
ނަންބަރު: GS166/IUL/2018/001
ޕަބްލިޝްކުރި ތާރީޚް: 04 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 13:46
ސުންގަޑި: 10 ޖަނަވަރީ 2018 13:00
މުލަކު ސްކޫލް
ދިވެހިރާއްޖެ
ރިލީފް ޓީޗަރ

 

c

 

މުލަކު ސްކޫލް                       

މ.މުލައް

 

 

 

ތާރީޚް: 4 ޖަނަވަރީ 2018                                           ނަންބަރު:GS166/IUL/2018/001     

ރިލީފް ޓީޗަރުން

މަޤާމް

ރިލީފް ޓީޗަރ (ދިވެހި)

ރިލީފް ޓީޗަރ (ޕްރައިމަރީ)

ރިލީފް ޓީޗަރ (އަރަބި)

ރިލީފް ޓީޗަރ (ހެލްތް އެންޑް ޕީ.އީ)

ބޭނުންވާ ޢަދަދު

2

1

1

1

 

 

 

   

   ވަޒީފާއޮތް އޮފީސް:               މުލަކު ސްކޫލް

   ގިންތި:                      ކޮންޓްރެކްޓް (3 މަސް(

   ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :    މުލަކު ސްކޫލް/ އެކަޑަމިކް

 

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

-          މިޑްލް އަދި ޕްރައިމަރީ ކްލާސްތަކުގެ ދަރިވަރުންނަށް ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށް ކިޔަވައިދިނުމާއި ގުޅޭ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

-          ދަރިވަރުންގެ ފެންވަރު މަތިކުރުމަށް ކުރަންޖެހޭ އިތުރު މަސައްކަތްކުރުން.

-          ސްކޫލްގެ އިތުރުޙަރަކާތްތަކުގައި ޝާމިލްވެ ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.

-          ދަރިވަރުންނާއި ސްކޫލްގެ ކުރިއެރުމަށް ހިންގޭ ޕްރޮގްރާމް ތަކުގައި ޢަމަލީ ގޮތުން ޙަރަކާތްތެރިވުން.

 

 

 

 

ޝަރުތު:

މުވައްޒަފުގެ އެންމެ މަތީ ތަޢުލީމީ ފެންވަރަކީ

މުސާރަ (މަހަކު)

ސަރވިސް އެލަވަންސް (މަހަކު)

ސާނަވީ ތަޢުލީމު ފުރިހަމަކުރުން ކަމަށްވާނަމަ

4500.00ރ

1500.00ރ

މަތީ ސާނަވީ ތަޢުލީމު ފުރިހަމަކުރުން ކަމަށްވާނަމަ

5500.00ރ

1500.00ރ

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލް ކުރުން ކަމަށްވާނަމަ

6090.00ރ

2500.00

 

އެހެނިހެން އިނާޔަތްތައް

އިތުރުގަޑީގެ މަސައްކަތް ކުރައްވާނަމަ، ހަމޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ނޯޓް:

ގްރޭޑް 10 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގް ސެޓްފިކެޓެއް ނުވަތަ ގްރޭޑް10 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ ސާނަވީ ތަޢުލީމް ފުރިހަމަ ކުރިކަމަށް ބެލެވޭނެއެވެ.

 

ގްރޭޑް 12 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގް ސެޓްފިކެޓެއް ނުވަތަ ގްރޭޑް12 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ މަތީ ސާނަވީ ތަޢުލީމް ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.

 

      ޤައުމީ ސަނަދުތަކުގެ ލެވެލް 3ގެ ސަނަދެއް ހާސިލްކޮށްފައިވާނަމަ ސާނަވީ ތަޢުލީމް ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ފާއިތުވި އަހަރު ތަކުގައި ރިލީފް ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވާ ފަރާތްތަކަށާއި، މަލްޓިގްރޭޑް ޓީޗިންގ  ހަދާފައިވާ ފަރާތްތަށާއި އަދި  އިނގިރޭސި ބަހުން މުޢާމަލާތް ކުރަން އެނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު

މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު

މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަމާއި ސިފަތައް   

 

އިންޓަރވިއު ކުރުން

ހ. އިންޓަރވިއު ކުރުން އޮންނާނެ ތާރީޙާއި ގަޑި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ފަހުން އެންގޭނެ ވާހަކަ ދެންނެވީމެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް ( ސިވިލް ސަރވިސް ވަޒީފާއަށްއެދޭ ފޯމް، މިފޯމް މިސްކޫލްގެ އޮފީހުން ލިބެންހުންނާނެއެވެ.)  އަދި ސިވިލް ސަރވިސް ކޮމިޝަންގެ www.csc.gov.mv ވެބްސައިޓުން މިފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

-       ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މުލަކު ސްކޫލްއަށެވެ.

-       ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 10 ޖަނަވަރީ 2018 ވަނަ ދުވަހުގެ މެންދުރު 13:00 ގެ ކުރިންނެވެ.

 

ނޯޓް:  

މި ޢިއުލާނާއި ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މުލަކު ސްކޫލްގެ ނަންބަރު 7952903  ފޯނަށް ގުޅުއްވުން އެދެމެވެ.

މަޤާމްތަކަށް މީހުން ހަމަޖެއްސުމަށް މާރކްސް ދޭނެގޮތް:

         މަޤާމުގެ ޝަރުތު ފުރިހަމަވާ ފަރާތްތެއް ވާނަމަ މާރކްސް ދެވޭނީ ފަންނީ މަޤާމުތަކަށް މީހުން ހޮވުމުގެ އުޞޫލުގައިވާ ގޮތުގެމަތިން އެ އުޞޫލުގައިވާ ފޯމު ބޭނުންކޮށްގެންނެވެ.

17 ރަބީޢުލް އާޚިރު 1439ހ

4 ޖަނަވަރީ 2018 

         

04 ޖަނަވަރީ 2018