ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)318-PRO/318/2018/1
ޕަބްލިޝްކުރި ތާރީޚް: 04 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 13:43
ސުންގަޑި: 14 ޖަނަވަރީ 2018 11:00
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަރަވަންދޫ މަގުތައް ދިއްލުމަށް ބޭނުންވާ ތަކެތި ގަންނަން ބޭނުންވެއްޖެ

މި އިދާރާގެ ނަންބަރު: (IUL)318-PP/318/2017/28 (13 ޑިސެންބަރު 2017) އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރި އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައިނުވާތީ، އެއިޢުލާން ބާޠިލްކޮށް ދަރަވަންދޫގެ މަގުތައްދިއްލުމަށް ބޭނުންވާ ތަކެތި ގަނެގެން ބ. ދަރަވަންދޫއަށް ގެނެސްދެވޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިޢުލާން ކުރީމެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.  މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާގައެވެ.

މަޢުލޫމާތު ދިނުން

2018 ޖެނުއަރީ 14 ވާ އާދިއްތަ ދުވަހުގެ 11:00

އަންދާސީ ހިސާބު ހުށަހެޅުއްވުން

2018 ޖެނުއަރީ 22 ވާ ހޯމަ ދުވަހުގެ 13:00

އަންދާސީ ހިސާބާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާ ނަމަ، އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ އެވެ. އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. އަދި އަގު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގަ އެވެ.  އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6600002 ފޯނާއި ގުޅުއްވުން އެދެމެވެ.

04 ޖަނަވަރީ 2018