ދިވެހިރާއްޖެ
މަޤާމް :ރިލީފް ޓީޗަރ (ޕްރީ ސްކޫލް) | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
ބޭނުންވާ އަދަދު :1 | |||||||||||||
މަޤާމް: ރިލީފް ޓީޗަރ (ޕްރީ ސްކޫލް) ބޭނުންވާ އަދަދު: 04 ވަޒީފާއޮތް އޮފީސް: އދ.ފެންފުށީ ސްކޫލް ގިންތި: ކޮންޓްރެކްޓް ވަޒީފާއަދާކުރާ ސެކްޝަނާއި ތަން : އެކަޑަމިކް ސެކްޝަން / އދ.ފެންފުށީ ސްކޫލް މުއްދަތު: ވަގުތީ (3 މަސް ދުވަސް) ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް: - ކީ ސްޓޭޖް 1 ގެ ކްލާސްތަކަށް ކިޔަވައިދިނުން - ސްކޫލުގެ ވަސީލަތްތައް ބޭނުންކޮށްގެން ދަރިވަރުންގެ ނަތީޖާގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުން. - ސްކޫލުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް، ކަނޑައަޅާފައިވާ ދުވަހަށް ލެސަންޕްލޭން (ކުރިއަށް އޮންނަ ހަފުތާއަށް) ތައްޔާރުކޮށްފައި، ލީޑިންގ ޓީޗަރަށް ދެއްކުން. - މާއްދާތަކުގެ ކޯޑިނޭޝަން މީޓިންގތަކުގައްޔާއި، ޑިސްކަޝަން މީޓިންގތަކުގައި ފުރިހަމައަށް ބައިވެރިވުން. - ސްކޫލުން ބާއްވާ ސްޓާފް މީޓިންގތަކާއި، ސެޝަން މީޓިންގތަކާއި، ބެލެނިވެރިންގެ ބައްދަލުވުންތަކާއި، މުދައްރިސެއްގެ ހައިސިއްޔަތުން ބައިވެރިވުމަށް ސްކޫލުން އަންގާ އެނޫން ކޮންމެ ބައްދަލުވުމެއްގައިވެސް ފަރުވާތެރިކަމާއެކު ބައިވެރިވުން. - ކުދިންގެ ފޮތްތަކާއި، ކިޔަވައިދިނުމާ ގުޅޭ އެހެނިހެން މަސައްކަތްތައް ފަރުވާތެރިކަމާއެކު ދުވަހުން ދުވަހަށް ބަލައި މާކްކުރުން. - ލީޑިންގ ޓީޗަރުން އަންގަވާގޮތެއްގެމަތިން އިމްތިޙާންތައް ތައްޔާރުކުރުމާއި، އިމްތިޙާންތައް ހިންގުމާއި، އިމްތިޙާން ކަރުދާސްތައް މާކްކުރުމާއި، އިމްތިޙާންތަކާ ގުޅޭ އެންމެހައި ރެކޯޑުތައް ތައްޔާރުކޮށް ބެލެހެއްޓުން. - ކިޔަވައިދޭ ސެޝަނުގެ ކުލާސްތަކުގައި ކުދިންގެ އުނގެނުމާއި އަޚުލާޤާ ގުޅޭގޮތުން ދަރިވަރުންނާއި ބެލެނިވެރިންނާ ބައްދަލުކޮށް މަޢުލޫމާތު ބަދަލުކުރުމާއި ނަސޭހަތްތެރިވުން. - މުވައްޒަފު ނިސްބަތްވާ ހައުސް/ ކްލަބް/ ޑިޕާޓްމަންޓުގެ ހަރަކާތްތައް ހިންގުމުގައި ޤާބިލުކަންހުރި އެންމެ މަތީ ދަރަޖައެއްގައި އެހީތެރިވެ ކާމިޔާބީއަށް މަސައްކަތް ކުރުން.
އުޖޫރައާއި ޢިނާޔަތްތައް:
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށްޓަކައި ބެލެވޭނީ ދިވެހި ސިވިލް ސަރވިސް ކޮމިޝަނުން 01 އޭޕްރީލް 2014ގައި ޝާއިޢުކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލްތަކަށެވެ. މިކަން ކަށަވަރު ކުރުމަށްޓަކައި ލިބިފައިވާ ސަނަދުތަކަށް އަދި އިންޓަވިއު އަށް ބެލޭނެއެވެ. މީގެ އިތުރުން ކިޔަވައިދިނުމުގެ ދާއިރާއިން ލިބިފައިވާ މަސައްކަތު ތަޖުރިބާ ބެލެވޭނެއެވެ. އިންޓަރވިއު ކުރުން ހ. އިންޓަވިޔު ބާއްވަން ކަނޑައެޅިފައިވާ ތާރީހް އެންގޭނެއެވެ. ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. ހުށަހަޅަންޖެހޭ ލިޔުންތައް ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު. (އެޕްލިކޭޝަން ފޯމު އދ.ފެންފުށީ ސްކޫލް އިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ). ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު) މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި - ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ އދފެންފުށީ ސްކޫލް އޮފީހަށް ނުވަތަ[email protected]އީމެއިލް އެޑްހަށެވެ. - ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2018 ޖަނަވަރީ 10 ވާ ބުދަ ދުވަހުގެ މެންދުރު 13:00 ގެ ކުރިންނެވެ. ނޯޓް: މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން އދ.ފެންފުށީ ސްކޫލްގެ ނަންބަރު 6680817 ފޯނަށް ގުޅުއްވުން އެދެމެވެ.
|