ދިވެހިރާއްޖެ
c
ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ސްކޫލް
މުރައިދޫ، ދިވެހިރާއްޖެ
ނަންބަރު: IUL)GS83/2018/01)
އިޢުލާން
ސެކިޔުރިޓީ ބެލެހެއްޓުމާގުޅޭ
ކޮންޓެކްޓް އުސޫލުން މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެގެންކުރި ނަންބަރު (IUL)GS83/2017/13) (12-12-2017) އިއުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަށް މައުލޫމާތު ސާފްކޮށްފައި ނުވާތީ، އެއިއުލާން ބާޠިލްކޮށް އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކުރަމެވެ. މި މަސައްކަތް ކުރެއްވުމަށް އެދި ހުށަހެޅުއްވޭނީ، ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
މައުލޫމާތު ދިނުމުގެ ސެޝަން |
ބިޑް ހުށަހެޅުން |
15 ޖެނުއަރީ 2018 ވާ ހޯމަ ދުވަހު 11:00 ގައި މުރައިދޫ ސްކޫލުގައި |
24 ޖެނުއަރީ 2018 ވާ ބުދަ ދުވަހު 11:00 ގައި މުރައިދޫ ސްކޫލުގައި. |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެފަރާތަކީ ކާކުކަން ބަޔާންކޮށް، އެފަރާތެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. އަދި ވަޑައިގަންނަވާ ބޭފުޅެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
17 ރަބީއުލްއާޚިރު 1439
04 ޖެނުއަރީ 2018