މުބާރާތް
ނަންބަރު: (IUL)160-A/1/2018/1
ޕަބްލިޝްކުރި ތާރީޚް: 04 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 09:57
ސުންގަޑި:
01 މާރިޗު 2018 13:30
ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ތުރުކީ ވިލާތުގެ އިސްތަންބުލްގައި އޮންނަ ޤުރްއާން މުބާރާތުގައި ބައިވެރިވުމާބެހޭ
އިޢުލާން
ތުރުކީ ވިލާތުގެ އިސްތަންބުލްގައި އޮންނަ ޤުރްއާން މުބާރާތުގައި ބައިވެރިވުމާބެހޭ
2018 ވަނަ އަހަރު ތުރުކީ ވިލާތުގެ އިސްތަންބުލްގައި މެއި 20 އިން 30 އަށް ބޭއްވުމަށް ހަމަޖެހިފައިވާ 6 ވަނަ އިންޓަނޭޝަނަލް ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ދަޢުވަތު ދިވެހިރާއްޖެއަށްވަނީ ލިބިފައެވެ. މި މުބާރާތުގައި ހިމެނޭ ގޮފިތަކުން 2 ގޮތްޕެއްގައި ރާއްޖެއިން ބައިވެރިވާގޮތަށްވަނީ ހަމަޖެހިފައެވެ. މިއިން ކޮންމެ ގޮތްޕެއްގައިވެސް ބައިވެރިވެވޭނީ 1 ބައިވެރިއެކެވެ.
ދައުވަތު ލިބިފައިވާ ކެޓަގަރީތައް
- ތިލާވާ ( މުޅި ޤުރްއާން ) ތަޖުވީދުގެ ހަމަތަކާއެކު
- ޙިފްޡް ( މުޅި ޤުރްއާން ) ތަޖުވީދުގެ ހަމަތަކާއެކު
ބައިވެރިވުމުގެ ޝަރުޠު
- އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ފިރިހެނަކު ކަމުގައިވުން.
- އިންޓަރނޭޝަނަލް މުބާރާތެއްގައި ބައިވެރިވެފައިވާ ކެޓަގަރީގައި 1 ވަނަ ހޯދާފައި ނުވުން.
- އިސްލާމީ ދުނިޔޭގައި މަޝްހޫރު ޤާރީއެއްކަމުގައި ނުވުން.
ވީމާ، މު މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 2018 މާރިޗް 01 ވާ ބުރާސްފަތި ދުވަހުގެ 13.00 ގެ ކުރިން ބައިވެރިވުން އެދި ކީރިތި ޤުރްއާނާބެހޭ މަރުކަޒަށް ސިޓީ އަދި ވަނަވަރު ފޮނުއްވުން އެދެމެވެ.
04 ޖަނަވަރީ 2018