ދިވެހިރާއްޖެ
ގުޅިފަޅު އިންވެސްޓްމަންޓްސް ލިމިޓެޑް
މާލެ، ދިވެހިރާއްޖެ
ނަންބަރު:GIL/IUL/2018/05
ތާރީޚް: 04 ޖެނުއަރީ 2018
އިޢުލާން
ގުޅިފަޅުގެ ކުނިގޮޑު އުކައިދޭނެ ފަރާތެއް ހޯދުން
ގުޅިފަޅުގެ ހުޅަނގުފަރާތުގައި ހުރި ކުނިގޮނޑު ނަގައި، ތިލަފުށީގެ ވެމްކޯ ސަރަޙައްދަށް ގެންގޮސްދޭނޭ ފަރާތެއް ބޭނުން ވެއްޖެއެވެ.
މިމަސައްކަތް ކުރުމަށް ޝައުގުވެރި ވެލައްވާ ފަރާތް ތަކުން 11 ޖެނުއަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި ކުންފުނީގެ ހެޑް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 18 ޖެނުއަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިކުންފުނީގެ ހެޑް އޮފީސް (މާލެ) ގައެވެ. އަދި ދަންނަވަމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނޭ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ތިރީގައި މިވާ ނަމްބަރަށް ގުޅުއްވުން އެދެމެވެ.
ގުޅިފަޅު އިންވެސްޓްމަންޓްސް ލިމިޓެޑް
ހަތަރުވަނަ ފަންގިފިލާ ، ހ.ހުޅުގަލި
ކަރަންކާ މަގު،
މާލެ، ދިވެހިރާއްޖެ
ފޯން ނަމްބަރ: 3016630
ފެކްސް ނަމްބަރ: 3016632
އީމެއިލް: [email protected]
ވެބް ސައިޓް:www.gil.mv