ދިވެހިރާއްޖެ
| މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން މާލެ، ދިވެހިރާއްޖެ 
 އިޢުލާން ނަންބަރު:IUL)MMPRC-HR/1/2018/1) 
 ވަޒީފާގެ ފުރުޞަތު 
 | |
| މަޤާމުގެ ނަން: އައި.ޓީ އެގްޒެކެޓިވް | މުސާރަ: -/6,600 ރުފިޔާ އެލަވަންސް: -/4,400 ރުފިޔާ | 
| ޑިޕާޓްމަންޓް / ސެކްޝަން: އޮޕަރޭޝަންސް/ އައި.ޓީ އެންޑް ރިސަރޗް | ބޭނުންވާ އަދަދު: 1 | 
| ޝަރުޠު: - މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ - މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތު ކޮށްދިނުމާއެކު، އައި.ޓީ ދާއިރާގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. މިމަޤާމަށް މީހުން ހޮވުމުގައި ތިރީގައިއެވާ ފަންނުތައް ދަންނަ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. - އިނގިރޭސި ބަހުގެ އިތުރުން އެހެނިހެން ބަސްތަކުން ލިޔެކިޔަން ދަންނަ ފަރާތްތައް - ޑިޖިޓަލް އަދި ސޯޝިއަލް މީޑީޔާއަށް އަހުލުވެރި ފަރާތްތައް - ޑިޒައިނިންގ ލޭއައުޓްގެ މަސައްކަތް ދަންނަ ފަރާތްތައް | |
| މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: - މިކޯޕަރޭޝަނުގެ އައި.ޓީ އެންޑް ރިސާޗް ސެކްޝަނުގެ މަސައްކަތްތައް ކުރުން. - ހާޑްވެއާ އަދި ނެޓްވޯކިންގެ އެންމެހައި މަސައްކަތްތައްކުރުން. - މިކޯޕަރޭޝަނުގެ ސަރވާ ބެލެހެއްޓުން. - މިކޯޕަރޭޝަނަށް ބޭނުންވާ ސޮފްޓްވެއަރ އަޕްޑޭޓްކޮށް ބެލެހެއްޓުން. - މިކޯޕަރޭޝަންގެ ކޮމްޕިއުޓަރތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށް އަޕްޑޭޓް ކޮށް ބެލެހެއްޓުން. - މިކޯޕަރޭޝަނުގެ ތަފާތު އިވެންޓްތަކުގެ ފޮޓޯ އާއި ވީޑިއޯ އަދި މަޢުލޫމާތު ވެބްސައިޓަށް އަޕްލޯޑް ކުރުން. - މިކޯޕަރޭޝަނުގެ އީމެއިލް ޑޭޓާ ބޭސް އަޕްޑޭޓްކޮށް ބެލެހެއްޓުން. - މި ކޯޕަރޭޝަނުގެ ފަރާތުން ރާވާ ހިންގާ އެކިއެކި އިވެންޓްތަކުގައި ހަރަކާތްތެރިވެ ބައިވެރިވުން. | |
| ފޯމް ފޮނުވަންވީ ތާރީޚާއި ތަން: 2018 ޖަނަވަރީ 10 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން ވެލާނާގެ 4 ވަނަ ފަންގިފިލާގައި ހުންނަ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އަށް. | |
| ހުށައަޅަންޖެހޭ ލިޔުންތައް: - ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް - ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ - ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ - ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން ( މިބަޔަށް މާކްސް ދެވޭނީ ލިޔުން ހުށަހަޅާފައިވާނަމައެވެ). | |
| :އިތުރު މަޢްލޫމާތު 
 | |
| 16 ރަބީޢުލްއާޚިރު 1439 03 ޖެނުއަރީ 2018 | |