މުބާރާތް
ނަންބަރު: MBA/IUL/2018/01
ޕަބްލިޝްކުރި ތާރީޚް: 03 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 16:07
ސުންގަޑި:
01 ފެބުރުވަރީ 2018 13:30
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
26 ވަނަ އެމް.ބީ.އޭ ޗެމްޕިއަންޝިޕް 2018
މިއެސޯސިއޭޝަނުން އިންތިޒާމްކޮށްގެން 6 ފެބްރުއަރީ 2018 ގައި ފެށުމަށް ހަމަޖެހިފައިވާ 26 ވަނަ އެމް.ބީ.އޭ ޗެމްޕިއަންޝިޕް 2018 ގެ އަންހެން އަދި ފިރިހެން ޑިވިޝަންގައި ބައިވެރިވުމަށް ބޭނުންވާ ކްލަބް ޖަމްއިއްޔާތަކުން 31 ޖެނުއަރީ 2018 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން މިއެސޯސިއޭޝަނަށް ލިޔުމަކުން އެންގެވުން އެދެމެވެ. އަދި ޓީމްލިސްޓް 1 ފެބްރުއަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.
މިމުބާރާތުގެ ޤަވާއިދާއި އިތުރު މަޢުލާމާތު މިއެސޯސިއޭޝަނުންނާއި އަދި މިއެސޯސިއޭޝަންގެ ފޭސްބުކް ގްރޫޕް (Maldives Basketball Association-MBA) އިން ލިބިވަޑައިގަންނަވާނެވާހަކަ ދެންނެވީމެވެ.
03 ޖަނަވަރީ 2018