ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) ގެ އިންޓަރނަލް އޮޑިޓް ފަންކްޝަން، ޤާނޫނާއި ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އިތުރަށް ހަރުދަނާ ކުރުމަށް ކޮންސަލްޓަންޓެއް ހޯދުމަށް ބޭނުންވެއެވެ. މި އެސައިންމަންޓްގެ މަޤްޞަދުގެ ތެރޭގައި އިންޓަރނަލް އޮޑިޓް ފަންކްޝަން ހިންގުމަށް ބޭނުންވާ ކަރުދާސް އަދި ޕްލޭން ތައްޔާރުކުރުމާއި، ސިޔާސަތުތަކާއި އުސޫލުތައް އެކުލަވާލުމާއި، މިނިސްޓްރީގެ މެންޑޭޓާއި އެއްގޮތްވާގޮތުގެ މަތިން އިންޓަރނަލް އޮޑިޓް ޔުނިޓް ކުރިއަށް ގެންދާނެގޮތުގެ ލަފާދިނުން ހިމެނެއެވެ.
ވީމާ މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މަސައްކަތުގެ ޓާރމްސް އޮފް ރިފަރެންސްގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަސައްކަތުގެ " ޓާރމްސް އޮފް ރިފަރެންސް " މިމިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކުރެވިފައިވެސް ވާނެއެވެ.
ޕްރީ ބިޑް ބައްދަލުވުން
މިމަޝްރޫއުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 10 ޖަނަވަރީ 2018 ވާ ބުދަ ދުވަހުގެ 13.00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައެވެ. އަދި ޕްރީ ބިޑް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަން ބަލައި ނުގަނެވޭނެކަން ދަންނަވަމެވެ.
ބީލަން ހުޅުވުން
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2018 ޖަނަވަރީ 17 ވާ ބުދަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީ އުރައެއްގައި ބަންދުކޮށް މަތީގައިވާ ގޮތަށް ޖެއްސެވުމަށްފަހު 2018 ޖަނަވަރީ 17 ވާ ބުދަ ދުވަހުގެ 11:00 ގައި ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ޕްރޮކިޔުމަންޓް ޔުނިޓް،
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.
ފޯނު: 3018341 960+ ، ފެކްސް: 3018301 960+
އީމެއިލް: [email protected]
ވެބްސައިޓް: www.environment.gov.mv