ދިވެހިރާއްޖެ
ސްކޫލް އިސްވެރިޔާ ހުންނަވާނެ ގެ ކުއްޔަށް ހިފުމާއި ގުޅޭ
2018 ވަނަ އަހަރު މި މަރުކަޒުގެ ޕްރިންސިޕަލް ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެގެން ކުރި އިޢުލާން ( ނަންބަރު: GS05-C /IUL/2017/13 ( 26 ޑިސެމްބަރ 2017 )) ގައި މަޢުލޫމާތު ސާފު ކުރުމަށް ކަނޑައެޅިފައިވާ ދުވަހަކީ 31 ޑިސެމްބަރ 2017 ވަނަ ދުހަށްވުމާއި އެކު އެދުވަސް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ނިންމެވުމާއި ގުޅިގެން މައުލޫމާތު ސާފުކުރެއްވުމުގެ ސެޝަން ކުރިއަށް ގެންދެވިފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް، މައުލޫމާތު ސާފު ކުރުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. ވީމާ، ގެ ކުއްޔަށް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 07 ޖެނުއަރީ 2018 ވާ އާދީއްތަ ދުވަހުގެ 01:00 ށް މި މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 ޖެނުއަރީ 2018 ވާ ބުދަ ދުވަހުގެ 01:00 ށް ކުއްޔަށް ދިނުމަށް އެދޭ ފޯރމް ފުރިހަމަކުރުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ކޮންމެފަރާތަކަށްވެސް ތަމްސީލު ކުރެވޭނީ 1 ފަރާތެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި ކުއްޔަށް ދިނުމަށް އެދޭ ފޯރމް ހުށެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް، ސިޓީ ހުށައަޅަންވާނެއެވެ. މައުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯރމާއި، ގަޑި ޖެހުމުގެ ފަހުން ހުށަހަޅުއްވާ ފޯރމް ބަލައި ނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ސްކޫލުގެ ނަމްބަރ 6820029 ފޯނާއި ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.