ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)GS-151/NCP-22/2018/8
ޕަބްލިޝްކުރި ތާރީޚް: 03 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 12:35
ސުންގަޑި: 11 ޖަނަވަރީ 2018 14:00
އއ. މާޅޮހު ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާނު

ވަޒީފާގެ ފުރުޞަތު

 

 

މަޤާމް:              މަސައްކަތު

މަޤާމްގެ ނަންބަރ:       J-144992

ބޭނުންވާ ޢަދަދު:        1 (އެކެއް)

މަޤާމް ގިންތި:          ދާއިމީ

މަޤާމްގެ ރޭންކް:        އެސް އެސް 1

މަޤާމްގެ ކުލެސިފިކޭޝަން:  ސްޕޯޓް ސްޓާފް ގުރޭޑް 1

ސެކްޝަން:           އެޑްމިން

މަޤާމްގެ އޮތް އޮފީސް:     އއ. މާޅޮހު ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ތަން:  އއ. މާޅޮހު ސްކޫލް

މުސާރަ:             -/3100 ރުފިޔާ

ސަރވިސް އެލަވަންސް:    -/1000 ރ

 

މަޤާމުގެ ޝަރުޠުތައް:

1. ލިޔަންކިޔަން ދަތުމާއެކު މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ގާބިލްކަން ލިބިފައިވުން.

 

 

މަޤާމުގެ މައިގަނޑުމަސްއޫލިއްޔަތުތައް:

1.  ސްކޫލު ގޯތިތެރެއާއި ވަށައިގެންވާ މަގުތައް ހަފްތާގެ މަސައްކަތު ކޮންމެ ދުވަހަކު ކުނިކަހާ ސާފުކުރުން.

2. އޮފީސް، ޕްރިންސިޕަލް ރޫމް، މިސްކިތް، ސްޓާފްރޫމް ކުނިކަހާ ސާފުކޮށް އަދި ގޮނޑި މޭޒު ހަޑިވެފައިވާނަމަ ރަނގަޅަށް ރީތިކޮށް ސާފުކުރުން.

3. ޢިމާރާތުގެ ވަށައިގެންވާ ޕާކުތަކާއި ގޯތިތެރޭގަ ގަސްހެއްދިފައިވާ ޕާކުތަކަށް އެޅޭ ކުނިތައް ނަގާ ސާފުކުރުން.

4. ސްކޫލު ގޯތިތެރޭގަ ކުނިވާޒާތުގެ ނުވަތަ ފެންހަރުލާގޮތަށް އެއްޗެއް ހުރިނަމަ ވަގުތުން އެކަމެއް ޙައްލުކުރުން.

5. ސްޓާފްރޫމް އަދި އޮފީހުގެ ސާފުތާހިރުކަންހުރި ގޮތެއްބަލައި މުވައްޒިފުންގެ މަސައްކަތްތަށް ދަތިނުވާނެގޮތުގެ މަތިން ކޮންމެދުވަހަކު ސާފުކޮށް މޮޕްކުރުން.

6. ޙަވާލުކުރެވޭ ކުލާސްރޫމަތައް ކޮންމެދުވަހަކުވެސް ކުނިކަހާ ސާފުކޮށް މޮޕްލުން.

7. ސެޝަން ނިމުމުން މުވައްޒަފުންގެ ފާޚާނާ އަދި ދަރިވަރުންގެ ފާޚާނާތަށް ރަނގަޅަށް ރީތިކޮށް ވަސްނުހުންނާނެހެން ސާފުކުރުން. އަދި ޑިޔުޓީގަ ދޭތެރެދޭތެރެއިން ފާޚާނާގެ އާއްމު ސާފުތާހިރުކަން ބަލާ ރަނގަޅު ކުރަންޖެހޭނަމަ ރަނގަޅުކުރުން.

8. ޙަވާލުކުރެވޭ ކުލާސްތަކުގެ ބޯޑުތަކާއި، ފަންކާތަކާއި، ދޮރުތަކާއި ދޮރުފަތްތައް، ބިއްލޫރިތައް އަދި ދާރަތައް ހަފްތާއަކު އެއްފަހަރު ފޮހެ ސާފުކުރުން.

9. ސެޝަން ނިމުމުން ހުރިހާ ކުލާސްރޫމުތަކެއް ފޮޅާ ސާފުކޮށް މޮޕުއަޅާ އެންމެހާ ފަރުނީޗަރތައް ސާފުކޮށް ތަރުތީބު ކުރުން.

10. ކުލާސްރޫމްތަކުގައި ދިމާވާ އެކިއެކި މައްސަލަތަށް އިދާރާއިން ނުވަތަ މުދައްރިސުން އެދޭ ކަންކަމުގައި އަވަސް އެހީތެރިކެމެއް ދިނުން.

11. ބޭއްވޭ ބައްދަލުވުންތަކާއި ޖަލްސާތަކަށް ތަން ތައްޔާރުކުރުމާއި ކުލާސްތައް ކަނޑައެޅިފައިވާ އުޞޫލުގެ މަތިން ރޭވުން.

12. ސްކޫލުގަ ކުރިއަށްދާ ޚާއްޞަ ޙަރަކާތްތަކުގައާއި މަސައްކަތްތަކުގަ ބައިވެރިވުމާއި، މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން.

13. އޮފީސްތަކަށާއި، އަމިއްލަފަރާތްތަކަށް ފޮނުވަންޖެހޭ ތަކެތި އިދާރާއިން އަންގާގޮތެއްގެމަތީން ރައްދުކުރުން.

14. ރަށުގެ ފިހާރަތަކުންނާއި، އެހެނިހެން ގޮތްގޮތުން ހޯދަންޖެހޭ ތަކެތި އިދާރާއިން އަންގާގޮތެއްގެމަތީން ސްކޫލަށް ގެނައުން.

15. ކިޔަވައިދޭ ރަސްމީ ދަންފަޅީގައި ދަރިވަރުންގެ ފާޚާނާއާ ކައިރި ހިސާބެއްގައި ކޮންމެވެސް އެއް މަސައްކަތު މީހަކު މަޑުކުރުން.

16. ދުވާލުގެ ކުނިކެހުމާއި އެފަދަ އާންމު މަސައްކަތްތަށް ނިމުމުން މަސައްކަތު މުވައްޒަފުން ތިބުމަށް ކަނޑައެޅޭ ސްޓޭޝަނުގައި މަޑުކުރުން.

17. އެކިއެކި ފަރާތްތަކަށް ދެންނެވުމަށް އޮފީހުން ދެއްވަވާ ދެންނެވުންތައް އެފަރާތްތަކަށް ދެންނެވުން.

 

އިތުރު ޢިނާޔަތްތައް:

  1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލްސަރވިސްގެމުވައްޒަފުންނަށްހަމަޖެހިފައިވާއުސޫލުންއިތުރުގަޑީގެ ފައިސާ.
  4. އެޑިއުކޭޝަން ކޮލިފިކޭޝަން އެލަވަންސް.

 

ވަޒީފާއަށްއެންމެޤާބިލުފަރާތެއްހޮވުމަށްބެލޭނެކަންތައްތައް

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- އައު މަންހަޖަށް ތަމްރީންވެފައިވާ މިންވަރަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

- މީގެ އިތުރުން، ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރަށް ބެލޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަކޯސްފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ)ސިވިލްސަރވިސްއިންބޭރުވަޒީފާއެއްއަދާކޮށްފައިވާނަމަ،އެވަޒީފާއެއްއަދާކުރިމުއްދަތާއިކުރިމަސައްކަތްބަޔާންކޮށްއެއޮފީހަކުންދޫކޮށްފައިވާލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެނުވަތައަމިއްލަ އިންސްޓިޓިއުޓެއްގެނުވަތައަމިއްލައިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާއަދާކުރިމުއްދަތާއިކުރިމަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މާޅޮހު ސްކޫލުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11 ޖަނަވަރީ 2018 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން،އއ. މާޅޮހު ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ admin@aamaalhohuschool.edu.mvއެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން މުއްދަތު ހަމަވާތާ 5 ދުވަހުގެ ތެރޭގައި އެންގޭނެވާހަކަ ދަންނަވަމެވެ. އިންޓަވިއުއަށް ވަޑައިގަންނަވާއިރު ހުށަހެޅުއްވި ލިޔުންތަކުގެ އަސްލު ގެންނަވަން ވާނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަ ނަމަ،ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި،ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްޝޯޓްލިސްޓްކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

(30%ތިރީސް އިންސައްތަ) އަށްވުރެ މަތިވާންޖެހޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6660844 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ[email protected]އަށެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

15 ރަބީޢުލްއާޚިރާ1439

03 ޖަނަވަރީ 2018

03 ޖަނަވަރީ 2018