ދިވެހިރާއްޖެ
މިސްކޫލުގެ ނަންބަރު GS153/IUL/2017/30 އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ސެކިއުރިޓީ ބެލެހެއްޓުމާއިގުޅޭ
2018 ވަނަ އަހަރުގައި ކޮންޓްރެކްޓް އުސޫލުން މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލު އޮފީހަށް ޙާޟިރުވެ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް |
އަންދާސީހިސާބު ހުށަހެޅުއްވުމަށް |
2018 ޖަނަވަރީ 08 ވާ ހޯމަ ދުވަހު 10:30 އަށް ހަންޏާމީދޫ ސްކޫލަށް ދުރުވެދެއްވުން އެދެމެވެ. |
2018 ޖަނަވަރީ 11 ވާ ބުރާސްފަތި ދުވަހު 10:30 އަށް ހަންޏާމީދޫ ސްކޫލަށް ދުރުވެދެއްވުން އެދެމެވެ. |
މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ، ޤާނޫނު ނަމްބަރ 2014/18 ( ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކާއި، ޤާނޫނު ނަމްބަރ 2014/19 ( އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވަން ބަދަލުގައި މީހަކު ފޮނުއްވާނަމަ، ފޮނުއްވާ ފަރާތުގެ ސިޓީއާއި އައި.ޑީ ކާޑުގެ ކޮޕީ އަދި ބަދަލުގައި ފޮނުއްވާ ފަރާތުގެ އައި.ޑީ ކާޑު ކޮޕީ ހުށަހަޅުއްވަން ވާނެއެވެ. އިތުރު މަޢުލޫމާތު ބޭނުންވާނަމަ ރަސްމީގަޑީގައި 6680837 މިނަމްބަރު ފޯނަށް ގުޅުން އެދެމެވެ.
16 ރަބީޢުލްއާޚިރު 1439