ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-EP/1/2013/145
ޕަބްލިޝްކުރި ތާރީޚް: 18 ނޮވެންބަރު 2013
ޕަބްލިޝްކުރި ގަޑި: 08:35
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ކުދި އަދި މެދު ފަންތީގެ ލޯނު ސްކީމް

އިޢުލާން

ކުދި އަދި މެދު ފަންތީގެ ލޯނު ސްކީމް

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ނަންބަރު:  IUL)101-EP/1/2013/140)އ(07 ނޮވެންބަރު 2013) އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ދޫކުރުމަށް ހަމަޖެހިފައިވާ ލުއި ލޯނު ސްކީމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު 07 ނޮވެންބަރު 2013 ގައި ވަނީ އާންމުކޮށް ހުޅުވާލެވިފައެވެ. އަދި 17 ނޮވެންބަރު 2013 އިން ފެށިގެން ލޯން އެޕްލިކޭޝަން ފޯމު ލިބެން ހުންނާނެ ވާހަކަ ވާނީ ދެންނެވިފައެވެ. އެހެންނަމަވެސް 17 ނޮވެންބަރަކީ ބަންދު ދުވަހަކަށްވުމާއި ގުޅިގެން ލޯން އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރުމުގެ މަސައްކަތްވަނީ ނުނިމިއެވެ. އަދި އެޕްލިކޭޝަން ފޯމު 20 ނޮވެންބަރު 2013 ވާ ބުދަ ދުވަހުން ފެށިގެން ލިބެން ހުންނާނޭ ވާހަކަ ދަންނަވަމެވެ.

އަދި ދަންނަވަމެވެ. މިހާރު ލޯނު ޕްރޮޕޯޒަލްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 06 ޖަނަވަރީ 2014 އިން ފެށިގެންނެވެ. ލޯނު ޕްރޮޕޯސަލްތައް ބަލައިގަންނާނީ ބޭންކް އޮފް މޯލްޑިވްސް ބްރާންޗް ތަކުންނެވެ.

މި ލޯން ސްކީމާބެހޭ އިތުރު މަޢުލޫމާތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ވެބްސައިޓް www.trade.gov.mv އިން ލިބެންހުންނާނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 3333134 އަށް ގުޅުއްވުން އެދެމެވެ. 

ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

14‏ މުޙައްރަމް‏ 1435

18 ނޮވެންބަރު 2013