މަސައްކަތް
ނަންބަރު: (IUL)GS-68-FN/GS-68/2018/1
ޕަބްލިޝްކުރި ތާރީޚް: 02 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 11:23
ސުންގަޑި: 07 ޖަނަވަރީ 2018 11:00
އަލިފުށީ ސްކޫލް
ދިވެހިރާއްޖެ
ޕާޓިޝަން މަރާމާތު ކުރުން

އިޢުލާން

 

ހޯލު އިމާރާތުގެ ޕާޓިޝަން ( އަމިއްލަ ތަކެތީގައި ) މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

                     މި ސްކޫލުގެ ހޯލު އިމާރާތުގެ ޕާޓިޝަން މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަމްބަރ

(IUL)GS-68-FN/GS-68/2017/1029  ( 02 ޖެނުއަރީ 2018 ) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ދުރުވެފައިނުވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

             ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018 ޖެނުއަރީ 07 ވާ އާދީއްތަ ދުވަހު މެންދުރުކުރި 11:00 އަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 ޖެނުއަރީ 10 ވާ ބުދަ  ދުވަހު މެންދުރުކުރި 11:00 އަށް މި ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.

                    ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

                     އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ބަދަލުގައި، އެހެން ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާނަމަ، އަންދާސީހިސާބު ހުށަހަޅާ ވެރިފަރާތުގެ ސިޓީއަކާއިއެކު، ހުށަހަޅުއްވާ ފަރާތް ދުރުވެދެއްވުން އެދެމެވެ.

                    ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާނުކުރަމެވެ.

02 ޖަނަވަރީ 2018