ދިވެހިރާއްޖެ
އިޢުލާން
މިސްކޫލްގެ ތިރީގައި މިދަންނަވާ މަޤާމަށް މީހުން ބޭނުންވެއްޖެއެވެ.
މަޤާމް : ރިލީފް ޓީޗަރ، އެކްސްޕްލޯރިން ހެލްތު އެންޑް ފިސިކަލް އެޑިއުކޭޝަން
ބޭނުންވާ އަދަދު : 1 (އެކެއް)
މުއްދަތު: 3 މަސް (ދިރާސީ އަހަރު ނިޔަލަށް ކޮންޓުރެކްޓުކުރެވޭނެ)
ޝަރުތު :
ސަރވިސް އެލަވަންސް (މަހަކު) |
މުސާރަ (މަހަކު) |
|
1500.00 ރުފިޔާ 1500.00 ރުފިޔާ 2500.00 ރުފިޔ |
4500.00 ރުފިޔާ 5500.00 ރުފިޔާ 6090.00 ރުފިޔާ |
* ސާނަވީ ތައުލީމު ފުރިހަމަކުރުން ކަމަށްވާނަމަ * މަތީ ސާނަވީ ތައުލީމު ފުރިހަމަކުރުން ކަމަށްވާނަމަ *ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް4ގެ ސަނަދެއް ހާސިލްކުރުންކަމަށްވާނަމަ |
މަޤާމްގެ މަސްއޫލިއްޔަތު
މިމަޤާމްގައި ކުރައްވަން ޖެހިވަޑައިގަންނަވާނީ ސްކޫލުން ކަނޑައަޅާ ގްރޭޑް ތަކަށް ކިޔަވައި ދިނުމުގެ މަސައްކަތެވެ. ގްރޭޑް 1ން 8 އަށް އެކްސްޕްލޯރިން ހެލްތު އެންޑް ފިސިކަލް އެޑިއުކޭޝަން މާއްދާ ކިޔަވަދިނުން، އަދި އިގިރޭސި ބަހުން ހުންނަ މާއްދާތައް ކިޔަވައިދޭން އެގުން.
އިތުރު އިނާޔަތްތައް:
ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދުގެ ޗެޕްޓަރ 5ގައިވާ ގޮތުގެމަތީން
- އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގައި މަސައްކަތް ކޮށްފިނަމަ ފައިސާ ދެވޭނެއެވެ.
- ރަމަޟާންމަހުގެ ޚާއްޞަ އެލަވަންސް ހަމަޖެހިފައިވަ އުސޫލުން ދެވޭނެއެވެ.
- ކޮންޓްރެކްޓްގެ މުއްދަތުގެ ގިނަވެގެން ދެވޭނީ 5 ދުވަހުގެ ޢާއިލީ ޒިންމާގެ ޗުއްޓީއެވެ.
- ކޮންޓްރެކްޓްގެ މުއްދަތުގައި ގިނަވެގެން ދެވޭނީ 9 ދުވަހުގެ ސަލާމް ޗުއްޓީއެވެ.
- ސިވިލްސާރވިސް މުވައްޒިފުންނެކޭ އެއް އުސޫލުން ގަޑީލާރި ކެނޑޭނެއެވެ
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް.
- ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެން .
- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
ވަޒީފާއަށް އެދި ހުށައަޅާ ފޯމާއި އެކު ހުށައަޅަން ޖެހޭ ތަކެތި
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ( މުއްދަތު ހަމަނުވާ )
- ތައުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެކުރެޑިޓް ކޮށްފައި)
- ސިވިލްސާރވިސް ވަޒީފާއަށް އެދި ހުށައަޅާ ފޯމް
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ( ގުޅޭނެ ނަންބަރަކާއެކު)
- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
ވީމާ، މިމަޤާމަށް އެދިލައްވާ ފަރާތްތަކުން 04 ޖެނުއަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން ސްކޫލަށް ތަކެތި ހުށައެޅުން އެދެމެވެ.
މިމަޤާމަށް މީހުން އައްޔަނު ކުރުމަށް ބޭއްވޭ އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ އިޢުލާނުގެ މުއްދަތު ހަމަވާތާ 1 ދުވަސް ތެރޭގައި ޅޮހީ ސްކޫލް ގައެވެ. އިންޓަވިއުއަށް އަންނަންޖެހޭ ދުވަހާއި ގަޑި މިވަޒީފާއަށް ކުރިމަތިލައްވާ ބޭފުޅުންނަށް އަންގާނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމަތެއް ސާފުކުރަން ބޭނުންފުޅުނަމަ މިސްކޫލްގެ ނަންބަރ 6560573 އާ ގުޅުއްވުން އެދެމެވެ.