މަސައްކަތް
ނަންބަރު: (IUL)438-WMPC/1/2017/86
ޕަބްލިޝްކުރި ތާރީޚް: 28 ޑިސެންބަރު 2017
ޕަބްލިޝްކުރި ގަޑި: 12:04
ސުންގަޑި: 08 ޖަނަވަރީ 2018 13:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެންވަޔަރަންމަންޓަލް އެންޑް ސޯޝަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމާއި ބެހޭ

ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު

ރާއްޖޭގެ ޒޯން 6 އަދި 7 (ހުވަދު އަތޮޅު، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ) ހިމެނޭގޮތަށް ޤާއިމުކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދީ ކުނި މެނޭޖުކުރުމުގެ ނިޒާމްގެ އެންވަޔަރަންމަންޓަލް އެންޑް ސޯޝަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށް މިމިނިސްޓްރީއިން 24 ޑިސެންބަރު 2017 ކުރި ނަންބަރު IUL)438-WMPC/1/2017/84) އިޢުލާންގައި ވާ މަސައްކަތުގެ މުއްދަތަށް ބަދަލެއް ގެނައުމާއި ގުޅިގެން އެ އިޢުލާނު ބާޠިލުކޮށް، އެމަސައްކަތުގެ ރިކުއެސްޓް ފޮރ ޕްރޮޕޯސަލް އިސްލާޙުކުރުމަށް ފަހު އަލުން އިޢުލާނުކުރީމެވެ. މިގޮތުން މި މަސައްކަތް ކުރުމަށް ކޮންސަލްޓެންސީ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއްގެ އެހީތެރިކަން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ބޭނުންވެއެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ކޮންސަލްޓަންސީ ކުންފުނި/ފާރމްތަކަށް ރިކުއެސްޓް ފޯރ ޕްރޮޕޯސަލް (އާރް.އެފް.ޕީ) އާއި އެއްގޮތަށް ޕްރޮޕޯސަލް ހުށަހެޅުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން ހުޅުވާލަމެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ މަޢުލޫމާތު (ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ މަސައްކަތް ކުރުމުގެ ތަޖުރިބާ، އަދި ކުންފުނިތަކުން މިމަސައްކަތަށް ހުށަހަޅާ ކޮންސަލްޓަންޓުންގެ ތަޢުލީމީ ފެންވަރު އަދި އެހެނިހެން މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ.

މި މަސައްކަތުގެ ބީލަން ފޮތް (ރިކުއެސްޓް ފޯރ ޕްރޮޕޯސަލް) މިމިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކުރެވިފައިވެސް ވާނެއެވެ.

މި ޕްރޮޖެކްޓާއި ގުޅޭގޮތުން އުފެދޭ ސުވާލުތައް ލިޔުމަކުން ތިރީގައި ދެންނެވިފައިވާ އެޑްރެސް ނުވަތަ އީމެއިލް އެޑްރެސްއަށް 04 ޖަނަވަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 12:00 ކުރިން ފޮނުއްވުން އެދެމެވެ.

ބީލަން ހުޅުވުން

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 2018 ޖަނަވަރީ 08 ވާ ހޯމަ ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީ އުރައެއްގައި ބަންދުކޮށް ތިރީގައިވާ ގޮތަށް ޖެއްސެވުމަށްފަހު 2018 ޖަނަވަރީ 08 ވާ ހޯމަ ދުވަހުގެ 13:00 ގައި ހުށަހެޅުއްވުން އެދެމެވެ.

"ޕްރޮޕޯސަލް" އޮންނަންވާނީ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގައެވެ. ބޭރުގައި "ޕްރޮޕޯސަލް" މި މަސައްކަތުގެ ނަމާއި، ހުށަ ހެޅިފަރާތުގެ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޙާއި ވަގުތު ލިޔެފައި އޮންނަންވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ފޯނު: 3018341 960+ ، ފެކްސް: 3018301 960+

އީމެއިލް : [email protected]

ވެބްސައިޓް: www.environment.gov.mv

 

28 ޑިސެންބަރު 2017