ދިވެހިރާއްޖެ
ނަމްބަރ: (IUL)297-AD/INDIV/2017/30
އިޢުލާން
ނަހުޒާ ޤުރުއާން ކްލާހަށް ކޮންޓްރެކްޓް އެމްޕްލޯއިމަންޓްގެ ދަށުން 3 ޓީޗަރުން ބޭނުންވެއްޖެ
މަޤާމް: ޤުރުއާން ޓީޗަރ
ބޭނުންވާ އަދަދު: 3 (ތިނެއް)
ވަޒީފާއަދާކުރަންޖެހޭ ތަން : ނަހްޒާ / ނ.ވެލިދޫ
މަޤާމުގެ މުސާރަ: =/2000 (ދެހާސް) ރުފިޔާ
އުޖޫރައާއި އިނާޔަތްތައް: މުވައްޒަފުންނަށް ދެވޭ ޢިނާޔަތްތަކާއި، އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
މަޤާމުގެ ގިންތި: ކޮންޓްރެކްޓް
ކޮންޓްރެކްޓުގެ މުއްދަތު: 1 (އެކެއް) އަހަރު
ޔުނިޓް: ނ.ވެލިދޫކައުންސިލްގެ އިދާރާ / އިކޮނޮމިކް ސޯސަލް އެންޑް މުނިސިޕަލް ސަރވިސް
1- މަޤާމުގެ ޝަރުޠުތައް:
ޤާރީކަމުގެ ސެޓްފިކެޓްއެއް ލިބިފައިވުން ނުވަތަ ތަޖުވީދުގެ ހަމަތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކީރިތި ޤުރުއާން ކިޔަވައިދޭން އެގުން.
2- މިމަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
1- މަންހަޖުގައި ކަނޑައެޅިފައިވާ މައިގަނޑު ޤާބިލިއްޔަތުތައް ހާސިލްވާގޮތަށް ސްކީމް އޮފް ވާރކް ތައްޔާރުކުރުން.
2- ކުރިއަށް އޮންނަ ހަފްތާއަށް ލެސަން ޕްލޭން، އަދި ކިޔަވައިދިނުމަށް ބޭނުންވާ އެހީ ތައްޔާރުކުރުން. (ތަފާތު ފެންވަރުގެ ކުދިންނަށް އަމާޒުކޮށް)
3- ކްލާހަކީ ކުދިންނަށް އަމިއްލައަށް އުގެނުމަށް ފަހި މާހައުލަކަށް ހެދުން. (ތަފާތު ހުނަރު ދަސްވާގޮތަށް ކްލާހުގެ މާހައުލު ރާވާލުން)
4- ކޯޑިނޭޝަން ބައްދަލުވުންތަކުގައި ބައިވެރިވެ މަޝްވަރާކޮށް ޚިޔާލު ހިއްސާކުރުން.
5- ކުދިންނާއި ގުޅޭ އެންމެފަހުގެ މަޢުލޫމާތު މުދައްރިސަށް އެނގި، އޮޅުންފިލާފައި ހުރުން.
6- ކުދިންގެ ތަޢުލީމް ކުރިއެރުން (ކުދިންގެ ތައުލީމީ، ޖިސްމާނީ ކުރިއެރުން، ކުދިންގެ ހުނަރުތައް) ޤަވާޢިދުން ބަލަހައްޓައި އެމަޢުލޫމާތު ޤަވާޢިދުން ބެލެނިވެރިންނަށް ފޯރުކޮށްދިނުން. (ޕޯޓްފޯލިއޯ، އެނެކްޑޯޓަލް، ރިކޯޑްސް)
7- ކިޔަވައިދިނުމުގައި ބެލެނިވެރިޔާގެ އެހީތެރިކަން ހޯދުން.
8- ކުދިން ކުލާހަށް އައުމަށްފަހު ކިޔަވައިދީނިމެންދެންނާއި އަދި ކިޔަވައި ނިމުމުން، އެކުދިންގެ ބެލެނިވެރިން އެކުދިންނާއި ހަވާލުވަންދެން އެކުދިން ބެލެހެއްޓުމުގެ ޒިންމާނެގުން.
9- ޤުރުޢާން ކުލާސް މުދައްރިސުން ކްލާހުގައި ޖުމްލަ 2 (ދޭއް) ގަޑިއިރު ކްލާހުގައި ހޭދަކުރަންވާނެއެވެ.
10- މުދައްރިސުން އެމީހުން އަމިއްލައަށް ތަރައްޤީއަށް މަސައްކަތްކުރުން.
11- ކުދިންގެ މަސައްކަތްތައް ހަފްތާއަކު 1 (އެކެއް) ފަހަރު ދެއްކުން.
12- ޓީޗަރަކު ބަލިވެގެން ގަޑިއެއް ނެންގެވުމަށް ހަވާލު ކުރައްވައިފިނަމަ އެގަޑިއަކަށް ތައްޔާރުވެލައްވާ ވީއެންމެ ރަނގަޅަކަށް އެގަޑި ނެންގެވުން.
13- ދަރިވަރުންގެ ހާޟިރީ ކިޔެވުން އޮންނަ ކޮންމެ ދުވަހެއްގައި ބަލާ މަސްހަމަވުމުން ހާޟިރީ ފުރިހަމަކޮށް މީލާދީގޮތުން ފެށޭމަހު 5ގެކުރިން ކައުންސިލްގެ އިދާރާއަށް ހުށަހެޅުން.
14- ކްލާސް ރެކޯޑް ތައްޔާރުކޮށް އެދުވަހު ކްލާހަށް ކިޔަވައިދެވުނު މާއްދާތަކުގެ ޚުލާސާ ރެކޯޑްލިޔެ ފުރިހަމަކޮށް އެހަފްތާއެއްގެ ކިޔެވުން އޮންނަ އެންމެފަހު ދުވަހު ކައުންސިލްއިދާރާއިން ކަނޑައަޅައި ބޭފުޅަކަށް ދެއްކުން.
15- ކުދިންނަށް ޞިއްޚީގޮތުންނާއި، ނަފްސާނީގޮތުން ބަދަލުތަކެއް އަންނަކަމަށް ފާހަގަކުރެވިއްޖެނަމަ އެކަމާބެހޭގޮތުން ވީއެންމެ އަވަހަކަށް ބެލެނިވެރިޔާއާއި ބައްދަލުކޮށް މަޢުލޫމާތު ދެއްވުން.
16- ކްލާސް ޑެކަރޭޝަންކުރުމާއި ކިޔެވުމަށްފަހި މާހައުލެއް ކުލާހުގައި ޤާއިމްކުރުމަށް މަސައްކަތްކުރުން.
17- ކްލާސް ހިންގާ ފަރާތުން މަޝްވަރާކޮށްގެންނޫނީ މުހިއްމު މައްސަލަތަކުގައި ގޮތެއްނުނިންމުން.
18- ކްލާސް ހިންގާ ފަރާތުން އަންގާގޮތަކަށް ކްލާހުގެ ކަންކަންކުރެއްވުން.
ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެކަންތައްތައް
- މަސައްކަތުގެ ދާއިރާއިން/ ލިބިފައިވާ ހުނަރު / ތަޖުރިބާ
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
މިވަޒީފާއަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ވަޒީފާއަށްއެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 04ޖެނުއަރީ 2018 ވާ ބުރާސްފަތިދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން ވެލިދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުންއެދެމެވެ.
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަންފޯމް (އެޕްލިކޭޝަން ފޯމް ރަސްމީގަޑީގައި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިއުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށްލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެކޮޕީ) އަދި މަސައްކަތުތަޖުރިބާދެނެގަތުމަށްމަސައްކަތްކޮށްފައިވާ އިދާރާތަކުންދޫކޮށްފައިވާ ލިޔުންތައް
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ ، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:
މިމަޤާމަށް މީހުންހޮވުމަށް ބާއްވާ އިންޓަރވިއުއޮންނާނީ 2018 ޖެނުއަރީ 9 އާއި 10 އާއި ދެމެދު ވެލިދޫކައުންސިލްގެ އިދާރާގައެވެ. މިވަޒީފާއަށްކުރިމަތިލައްވާފަރާތްތަކުން އެތާރީޚްގައި އިންޓަރވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުންއެދެމެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ 6560010 ނަމްބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6560030 އެވެ. މެއިލް ކުރައްވާނީ [email protected]އަށެވެ. މިއިޢުލާނާ ގުޅިގެން ކުރިން ކުރެވިފައިވާ މިއިދާރާގެ ނަންބަރު (IUL)297-AD/297/2017/26 (10 ޑިސެމްބަރ 2017) އިޢުލާން ބާޠިލްކުރެވިފައިވާ ވާހަކަދެންނެވީމެވެ.
08 ރަބީއުލްއާޚިރު 1439
26 ޑިސެމްބަރ 2017