ދިވެހިރާއްޖެ
ވެލާނާ އިންޓަރނޭޝަލް އެއަރޕޯރޓްގައި މި ކުންފުނީގެ އޮޕަރޭޝަންތަކުގައި ބޭނުން ކުރުމަށް 28 ސީޓްގެ ބަހެއް ގަތުމަށް ކުރެވުނު އިއުލާން ނަންބަރ (IAS/MIS/2017/1985) އަށް އެކަށީގެންވާ ޕްރޮޕޯސަލް ލިބިފައި ނުވާތީ އެ އިއުލާން ބާތިލް ކޮށް އަލުން އިއުލާން ކުރަމެވެ.
ވީމާ މިމަސައްކަތަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ބޭފުޅުންނަށް މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުން 3 ޖަނަވަރީ 2018 ވާ ބުދަ ދުވަހުގެ 10:00ގައި އައިލެންޑް އޭވިއޭޝަންގެ މައި އޮފީސް މ.ރާވެރިގެ،(މަޖީދީ މަގު)ގައި އޮންނާނެއެވެ. އަދި އިޢުލާނުގައި ބަޔާން ކުރެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލްތައް ހުށަހެޅުމަށް ބޭއްވޭ ސެޝަން 14 ޖަނަވަރީ 2018 ވާ އާދިއްތަ ދުވަހުގެ 10:00ގައި މިއޮފީހުގައި އޮންނާނެއެވެ.
އިސްވެ ބަޔާން ކުރެވިފައިވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ