ދިވެހިރާއްޖެ
ގއ. އަތޮޅު ތަޢުލީމީ މަރުކަޒުވިލިނގިލި، ހުވަދު އަތޮޅު އުތުރުބުރިދިވެހިރާއްޖެ |
ނަމްބަރ: GS05-C /IUL/2017/14 ތާރީޚް: 27 ޑިސެމްބަރ 2017
އިޢުލާން
2018 ވަނަ އަހަރަށް ސްކޫލަށް ބޭނުންވާ ތަކެތި ގަތުމާއި ގުޅޭ
2018 ވަނަ އަހަރަށް ސްކޫލަށް ބޭނުންވާ ބައެއް ތަކެތި ގަތުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 03 ޖެނުއަރީ 2018 ވާ އާދީއްތަ ދުވަހުގެ 01:00 ށް މި މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 09 ޖެނުއަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 01:00 ށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ކޮންމެފަރާތަކަށްވެސް ތަމްސީލު ކުރެވޭނީ 1 ފަރާތެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް، ސިޓީ ހުށައަޅަންވާނެއެވެ. މައުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އެސްޓިމޭޓާއި، ގަޑި ޖެހުމުގެ ފަހުން ހުށަހަޅުއްވާ އެސްޓިމޭޓް ބަލައި ނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ސްކޫލުގެ ނަމްބަރ 6820029 ފޯނާއި ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
ޝިމްލާ ޢަލީ
ޑެޕިއުޓީ ޕްރިންސިޕަލް