ކުއްޔަށް ހިފުން
ނަންބަރު: GS05-C/MISC/2017/14
ޕަބްލިޝްކުރި ތާރީޚް: 27 ޑިސެންބަރު 2017
ޕަބްލިޝްކުރި ގަޑި: 14:22
ސުންގަޑި: 08 ޖަނަވަރީ 2018 13:00
ގއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ސްކޫލުގެ އިސްވެރިޔާ ހުންނަވާނެ ގެއެއް ކުއްޔަން ހިފުމަށް ބޭނުންވެއްޖެ

 

 

ގއ. އަތޮޅު ތަޢުލީމީ މަރުކަޒު

ވިލިނގިލި، ހުވަދު އަތޮޅު އުތުރުބުރި

ދިވެހިރާއްޖެ   

                         

 

 

                              

                 

 

 

 

ނަމްބަރ: GS05-C /IUL/2017/13                ތާރީޚް: 26 ޑިސެމްބަރ 2017             

އިޢުލާން

 

 

ސްކޫލް އިސްވެރިޔާ ހުންނަވާނެ ގެ ކުއްޔަށް ހިފުމާއި ގުޅޭ  

 

2018 ވަނަ އަހަރު މި މަރުކަޒުގެ ޕްރިންސިޕަލް ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެގެން ކުރި އިޢުލާން (  ނަންބަރު: GS05-C /MISC/2017/10   ( 28 ނޮވެމްބަރ 2017 )) އާއި ގުޅިގެން މައުލޫމާތު ޞައްޙަ 3 އެސްޓިމޭޓް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް، އަލުން އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ، ގެ ކުއްޔަށް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 31 ޑިސެމްބަރ 2017 ވާ އާދީއްތަ ދުވަހުގެ 10:00 ށް މި މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 08 ޖެނުއަރީ 2018 ވާ ހޯމަ ދުވަހުގެ 01:00 ށް ކުއްޔަށް ދިނުމަށް އެދޭ ފޯރމް ފުރިހަމަކުރުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ކޮންމެފަރާތަކަށްވެސް ތަމްސީލު ކުރެވޭނީ 1 ފަރާތެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި ކުއްޔަށް ދިނުމަށް އެދޭ ފޯރމް ހުށެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް، ސިޓީ ހުށައަޅަންވާނެއެވެ. މައުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަމާއި، ގަޑި ޖެހުމުގެ ފަހުން ހުށަހަޅުއްވާ ބީލަން ބަލައި ނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ސްކޫލުގެ ނަމްބަރ 6820029 ފޯނާއި ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

 

 

                     

 

 

                                                       ޝިމްލާ ޢަލީ

                                                     ޑެޕިއުޓީ ޕްރިންސިޕަލް

27 ޑިސެންބަރު 2017