ދިވެހިރާއްޖެ
އިޢުލާން
- އަންދާސީ ހިސާބު ބޭނުންވެއްޖެ.
މިރަށު ފުޓްސެލްދަނޑުގެ ވަށާފާރުގައި ކުލަލުމާއި ގޯލްފެންސް މަރާމާތު ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަމްބަރ: (IUL)338-MS/338/2017/27 އާއިގުޅިގެން ލިބިފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ އާއި ކުރަންޖެހޭ މަސައްކަތްތަކަށް ބަދަލު ގެނެވިފައިވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ މިރަށު ފުޓުސެލް ދަނޑުގެ މަރާމާތު މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާރީޚްތަކަށް ސަމާލުވުމަށް ދަންނަވަމެވެ.
|
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފްކުރުން |
ކ.ގުރައިދޫ ކައުންސިލް އިދާރާ |
02 ޖެނުއަރީ 2018 |
އަންގާރަ |
10:30 |
އަންދާސީ ހިސާބް ހުށައެޅުން |
ކ.ގުރައިދޫ ކައުންސިލްގެ އިދާރާ |
09 ޖެނުއަރީ 2018 |
އަންގާރަ |
10:30 |
މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާތިލްވާނެވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އެސްޓިމޭޓް ހުށައެޅުމުގެ ފުރުޞަތު ދެވެންނެތްވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.