ކުއްޔަށް ހިފުން
ނަންބަރު: (IUL)BAH-AHR/BAH/2017/15
ޕަބްލިޝްކުރި ތާރީޚް: 27 ޑިސެންބަރު 2017
ޕަބްލިޝްކުރި ގަޑި: 12:59
ސުންގަޑި: 09 ޖަނަވަރީ 2018 13:00
ބ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އިމާރާތެއް ކުއްޔަށްހިފުން

ބ.އަތޮޅު ހޮސްޕިޓަލް                                                                        ބ. އޭދަފުށި، ދިވެހިރާއްޖެ                                      

 

އިޢުލާން

 

އިމާރާތެއް ކުއްޔަށް ހިފުމާއިބެހޭ

ބ.ފެހެންދޫ ޞިއްޙީމަރުކަޒު ހިންގުމަށް (2 ކޮޓަރި، ސިޓިންގރޫމް، ފާޚާނާ ހިމެނޭ) އިމާރާތެއް 1 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 09 ޖަނަވަރީ 2018 ވާ އަންގާރަ ދުވަހު 13:00 އަށް ބ. އަތޮޅު ހޮސްޕިޓަލަށް ނުވަތަ ބ.ފެހެންދޫ ޞިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 ޖަނަވަރީ 2018 ވާ ހޯމަ ދުވަހު 13:00 އަށް ގެ ކުއްޔަށްދެވޭނެއަގު ބަޔާންކޮށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ.

  • އަގަށް ޕޮއިންޓް ދޭނެގޮތް:

އެންމެ ކުޑައަގު ހުށަހަޅާފައިވާ ފަރާތަކަށް ލިބޭނީ 80 ޕޮއިންޓް އެވެ. (މިގޮތުން ޕޮއިންޓް ދެވޭނީ އެންމެ ކުޑައަގެއް ހުށަހަޅާފަރާތަކަށް އެންމެމަތީ ޕޮއިންޓް ދިނުމަށްފަހު އެއަށްފަހު ޕޮއިންޓް ދެވޭނީ ރޭޝިއޯ އިންނެވެ.

  • ގޭގެ ފެންވަރަށް ޕޮއިންޓް ދޭނެގޮތް:

އެންމެ ރަގަނޅު ފެންވަރުގެ ގެއެއް ހުށަހަޅާފައިވާ ފަރާތަކަށް ލިބޭނީ 20 ޕޮއިންޓް އެވެ. (މިގޮތުން ޕޮއިންޓް ދެވޭނީ ގެ އިމާރާތްކޮށްފައިހުރި ފެންވަރާއި ގޭގެ ތަނަވަސްކަމަށް ބަލައި އެންމެ މަތީ ޕޮއިންޓް ދިނުމަށްފަހު އެއަށްފަހު ޕޮއިންޓް ދެވޭނީ ރޭޝިއޯ އިންނެވެ.

27 ޑިސެންބަރު 2017