މަސައްކަތް
ނަންބަރު: (IUL)438-ENV/438/2017/254
ޕަބްލިޝްކުރި ތާރީޚް: 27 ޑިސެންބަރު 2017
ޕަބްލިޝްކުރި ގަޑި: 11:47
ސުންގަޑި: 07 ޖަނަވަރީ 2018 13:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
މިނަމާޓާ އިނިޝިއަލް އެސެސްމަންޓް ހެދުމަށް ކޮންސަލްޓެންޓެއް ހޯދުމާބެހޭ

ޝައުގުވެރިކަން ފާޅުކުރުމުގެ ދައުވަތު

މިނަމާޓާ ކޮންވެންޝަނަކީ، މާކިއުރީ މާއްދާއިން ފޯރާ ނޭދެވޭ އަސަރުތަކުން އިންސާނުންގެ ސިއްހަތާއި ތިމާވެށި ރައްކާތެރިކުރުމަށް އެކުލަވާލާފައިވާ ބައިނަލްއަޣްވާމީ ކޮންވެންޝަނެކެވެ. ދިވެހިރާއްޖޭން މި ކޮންވެންޝަން ތަސްދީޤުކޮށް ތަންފީޒުކުރުމަށް އެހީވުމުގެގޮތުން ކުރިޔަށްގެންދާ "ޑިވެލޮޕްމަންޓް އޮފް މިނަމާޓާ އިނިޝިއަލް އެސެސްމަންޓް އިން މޯލްޑިވްސް" މަޝްރޫޢުއަކީ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) އާއި މި މިނިސްޓްރީއާ ގުޅިގެން ހިންގާ މަޝްރޫޢުއެކެވެ.

ވީމާ، މި މަޝްރޫޢުގެ ދަށުން ހަދަންޖެހޭ "މިނަމާޓާ އިނިޝިއަލް އެސެސްމަންޓް" އާއި މި އެސެސްމަންޓް އެކުލަވާލުމަށް ކުރަންޖެހޭ މަސައްކަތްތައް (ޓީ.އޯ.އާރު ގައި ބަޔާންކޮށްފައިވާގޮތަށް) ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތައް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ހުޅުވައިލަމެވެ. މި މަސައްކަތް ކުރުމަށް އެދި ހުށަހަޅަންވާނީ އިންޑިވިޑުއަލް ކޮންސަލްޓަންޓެކެވެ.  

މަސައްކަތުގެ މުއްދަތު:

މި މަސައްކަތް ކުރުމަށް ހޮވޭ ފަރާތާއެކު ފުރަތަމަ ސޮއި ކުރެވޭނީ 05 މަހާއި 10 ދުވަހުގެ ކޮންޓްރެކްޓެއްގައެވެ.

ހުށަހަޅަށްޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓްރެސްޓް)
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ
  • ކުރީގައި ކޮށްފައިވާ މަސައްކަތްތަކުގެ ސާންޕަލް، ޕޯޓްފޯލިއޯ.

އުޖޫރަ:

މި މަސައްކަތަށް ޖުމްލަ 180,000ރ (އެއް ލައްކަ އަށްޑިހަ ހާސް ރުފިޔާ) ވަނީ ކަނޑައެޅިފައެވެ. ތަފްސީލް ޓާރމްސް އޮފް ރިފެރެންސްގައި ހިމެނިފައި ވާނެއެވެ.

ޕްރޮޕޯސަލް ހުށަހަޅާންޖެހޭ ސުންގަޑި

މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން "ޓާރމްސް އޮފް ރިފަރެންސް" ގައި ދެންނެވިފައިވާ ޝަރުޠު ހަމަވާކަން ސާބިތުކޮށްދޭ ވަނަވަރާއެކު 07 ޖަނަވަރީ 2018 ވަނަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް "ޕްރޮޕޯސަލް" ހުށަހެޅުއްވުންއެދެމެވެ.

އިތުރު މަޢުލޫމާތު:

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފެރެންސް" ޑައުންލޯޑު ކުރެވޭ ގޮތައް، މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް  [email protected] އަށް މެއިލް ކުރެއްވުން އެދި ދެންނެވީމެވެ.

ޕްރޮކިޔުމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާލެ، 20392، ދިވެހިރާއްޖެ

ފޯނު: 3018431 960+ ފެކްސް: 3018301 960+

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

 

27 ޑިސެންބަރު 2017