ދިވެހިރާއްޖެ
އިޢުލާން
ނަންބަރު:(IUL)412/412/2017/25
2018 ވަނަ އަހަރު ކޮނޑޭގެ އިޖުތިމާއީ ސަރަޙައްދުތަށް ސާފްކޮށް ބަލަހައްޓައި ދޭނެފަރާތެއް ހޯދުމަށް:
މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް 2018 ވަނަ އަހަރު ކޮނޑޭގެ އިޖުތިމާއީ ސަރަޙައްދުތަށް ސާފްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)412/412/2017/24 އިޢުލާނާއި ގުޅިގެން އެކަށީގެންވާ މިންވަރަށް އަންދާސީ ޙިސާބް ލިބިފައިނުވާތީ އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތް ކުރެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކު ތިރީގައި ބަޔާންކޮށްފައިވާ ތާރީޚަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު ތިރީގައި ބަޔާންކޮށްފައިވާ ތާރީޚަށް އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.
ބޭނުން |
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފްކުރެއްވުމަށް |
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލް އިދާރާ |
04 ޖެނުއަރީ 2018 |
ބުރާސްފަތި |
13:00 |
އަންދާސީ ހިސާބް ހުށަހެޅުއްވުމަށް |
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލް އިދާރާ |
11 ޖެނުއަރީ 2018 |
ބުރާސްފަތި |
13:00 |
މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި، ގަޑިޖެހިގެން ހާޟިރުވާ ފަރާތްތަކަށް އަންދާސީ ހިސާބް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. އަދި މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފް ކުރުމާއި، އަންދާސީ ހިސާބް ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ޤާނޫނު ނަންބަރު (18/2014) ވިޔަފާރި ރަޖިސްޓްރީ ކުރުމާއި ބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރީ ތަކަށެވެ.
މަޢުލޫމާތު ސާފް ކުރެއްވުމަށާއި، އަންދާސީ ޙިސާބް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ތަމްސީލުކުރައްވާނީ ކޮން ކުންފުންޏެއް، އިންވެސްޓްމެންޓެއް ނުވަތަ ވިޔަފާރިއެއްކަން އެނގޭނެ ސިޓީއަކާއި، ތަމްޞީލް ކުރާ ކުންފުނި، އިންވެސްޓްމެންޓް ނުވަތަ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި ވަޑައިގަންނަވާފަރާތެއްގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަވަންވާނެއެވެ.
އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް މިއިދާރާގެ ނަންބަރު 6820019 އަށް ގުޅުއްވުން އެދެމެވެ.
08 ރަބީޢުލްއާޚިރު 1439
26 ޑިސެންބަރު 2017