މަސައްކަތް
ނަންބަރު: GS–167/IUL/2017/33
ޕަބްލިޝްކުރި ތާރީޚް: 26 ޑިސެންބަރު 2017
ޕަބްލިޝްކުރި ގަޑި: 14:46
ސުންގަޑި: 02 ޖަނަވަރީ 2018 11:00
މަޑުއްވަރީ ސްކޫލް/ މ.މަޑުއްވަރީ
ދިވެހިރާއްޖެ
ސެކިއުރިޓީ އައުޓް ސޯރސް ކޮއްގެން ބެލެހެއްޓުން

މަޑުއްވަރީ ސްކޫލް

މ.މަޑުއްވަރި

ދިވެހިރާއްޖެ

ނަމްބަރ : GS–167/IUL/2017/33

އިޢުލާން

ސެކިއުރިޓީ އައުޓް ސޯރސް ކޮއްގެން ބެލެހެއްޓުން

މިސްކޫލުގެ ސެކިއުރިޓީ އައުޓްސޯސް ކޮށްގެން ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ކުރި ނަމްބަރ : GS–167/IUL/2017/29 އިޢުލާން ބާތިލުކޮށް، މިސްކޫލުގެ ސެކިއުރިޓީ އައުޓްސޯސް ކޮށްގެން ބަލަހައްޓާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2 ޖެނުއަރީ 2018 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މ. މަޑުއްވަރީ ސްކޫލަށް ހާޒިރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 8 ޖެނުއަރީ 2018 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި އަދި މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ އައިޑީކާޑު ހިއްޕަވައިގެން ވަޑައިގެންނެވުމަށާއި އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ.

މި މަސައްކަތަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރާތެއް ހޮވުމަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ބައިތައް ތިރީގައި މިވަނީއެވެ. ޕޮއިންޓް ދެވޭ ގޮތުގެ ތަފުސީލު ބީލަން ތައްޔާރުކޮށް ހުށަހަޅާނެ ގޮތުގެ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 7952908 ނަންބަރަށެވެ.

1- މަސައްކަތުގެ އަގަށް                                               70 ޕޮއިންޓް

2- ތަޖުރިބާ އަށް                                                  18 ޕޮއިންޓް

3- ތަމްރީނުލިބިފައިވާ ސެކިޔުރިޓީ އޮފިސަރުން ބޭނުންކުރުމަށް                           12 ޕޮއިންޓް

         

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

26 ޑިސެންބަރު 2017