ދިވެހިރާއްޖެ
ނަމްބަރ:372-B2/2017/35
އިޢުލާން
ފ. މަގޫދޫ ޕާމްރެސްޓް ޢިމާރާތުގެ ( އުތުރުފަރާތު ބުލޮކްގެ) ޗެންޗޭނުޖެހުމާއި ނުނިމިހުރި މަސައްކަތްތަކުގެ އަންދާސީ ހިސާބުހޯދުމާ ގުޅޭ
ފ.މަގޫދޫ ރައްޔިތުންގެ ޕާމްރެސްޓް ޢިމާރާތުގެ (އުތުރުފަރާތު ބުލޮކްގެ) ޗެންޗޭނު ޖެހުމާއި ނުނިމިހުރި މަސައްކަތްތަކުގެ އަދާސީ ހިސާބެއް ހޯދަންބޭނުންވެއްޖެއެވެ.
މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށައެޅުން |
ފ. މަގޫދޫ ކައުންސިލް ޢިދާރާގައި |
މަޢުލޫމާތު ސާފްކުރުން |
2018 ޖަނަވަރީ 4 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި |
އަންދާސީ ހިސާބު ހުށައެޅުން |
2018 ޖަނަވަރީ 11 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި |
ބިޑްފޮތްވިއްކުން |
2017 ޑިސެންބަރު 27 ވަނަދުވަހުން ފެށިގެން. ފޮތެއް -/150ރ އަށް |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރި ވެވޭނީ ބިޑްފޮތް ބައްލަވައިގަންނަ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފްނުކުރާ ފަރާތްތަކުން ހުށައަޅާ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި، ގަޑި ޖެހިގެން ހުށައަޅާ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ. އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ފ. މަގޫދޫ ޕާމްރެސްޓް ޢިމާރާތުގެ (އުތުރުފަރާތު ބުލޮކްގެ) ޗެންޗޭނުޖެހުމާއި ނުނިމިހުރި މަސައްކަތްތަކުގެ އަންދާސީ ހިސާބުހޯދުމާ ގުޅޭ. " މިހެން ލިޔެފައި އޮންނަންވާނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރ 6740014 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފްކުރެއްވުން އެދެމެވެ.
08 ރަބީޢުލްއާޚިރު 1439
26 ޑިސެންބަރު 2017