ދިވެހިރާއްޖެ
ރ. އަނގޮޅިތީމު ސްކޫލު
ރ. އަނގޮޅިތީމު ނަމްބަރ: 30 GS-125/IUL/2017/
ދިވެހިރާއްޖެ
އިޢުލާން
މިސްކޫލަށް މިދަންނަވާ މަޤާމަށް މުވައްޒިފުން ބޭނުންވެއްޖެ
މަޤާމު: ރިލީފު ޓީޗަރ (ދިރާސީ 1 އަހަރަށް، 3 މަހުން 3 މަހުން ކޮންޓްރެކްޓު އާކުރާގޮތަށް)
ބޭނުންވާ އަދަދު: 1 (އެކެށް)
ސާރވިސް އެލަވަންސް |
މަޤާމުގެ އަސާސީ މުސާރަ |
ސަރުތު |
މަޤާމު |
1,500.00
|
4500.00 |
ސާނަވީ ތަޢުލީމު ފުރިހަމަކުރުން |
ރިލީފް ޓީޗަރ |
5500.00 |
މަތީ ސާނަވީ ތައުލީމު ފުރިހަމަކުރުން |
||
2500.00 |
6090.00 |
ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ސަނަދެއް ހާސިލްކުރުން |
މަޤާމުގެ މަސްއޫލިއްޔަތު:
ޕްރައިމަރީ ގްރޭޑްތަކަށް (ގްރޭޑް 1ން 6ށް) ހާއްޞަކޮން ހިސާބު، ސޯސަލް ކިޔަވައިދިނުމާއި އާއްމުކޮށް ހުރިހާ ގްރޭޑްތަކަށް ހުރިހާ މާއްދާއެއް ކިޔަވައިދިނުމާއި، މިސްކޫލުން ރާވާ އެކްސްޓްރާ، ކޯކަރލިކިއުލަރ ހަރަކާތްތައް އިސްވެ ރާވާ ހިންގުން.
ހުށަހަޅަންޖެހޭ ލިޔުންތައް:
1- ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބޭނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)
2- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި އެހެނިހެން ސެޓުފިކެޓުތަކުގެ އެކްރެޑިޓް ފޮޓޯ ކޮޕީތައް.(މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ)
3- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ސާބިތުކުރެވޭ، ވަޒީފާ އަދާކުރި އޮފީސްތަކުގެ ލިޔުންތައް.
4- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވިޓާ / ފޯނު ނަންބަރާއި އީމެއިލް އެޑްރެސް އެނގޭނޭހެން)
5- މުއްދަތު ހަމަނުވާ އައި.ޑީ. ކާޑުގެ ސާފު ފޮޓޯކޮޕީ.
6- ވަޒީފާގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯހާއި ވާރކްޝޮޕްތަކުގެ ލިއުންތަކުގެ ފޮޓޯކޮޕީ.
- މި ވަޒީފާއަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް، 2018 ޖެނުއަރީ 04 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ރ. އަނގޮޅިތީމް ސްކޫލުގެ އޮފީހަށް ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް، އީމެއިލް [email protected] މެދުވެރިކޮށް ވެސް ހުށަހެޅިދާނެއެވެ. ވަޒީފާއަށް އެދޭ ފޯމް މިސްކޫލް އޮފީހުން ލިބޭން ހުންނާނެއެވެ. ސިވިލް ސަރވިސް ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.
26 ޑިސެންބަރ 2017