ޢާންމު މަޢުލޫމާތު
ނަންބަރު: Gs-163/2017/13
ޕަބްލިޝްކުރި ތާރީޚް: 26 ޑިސެންބަރު 2017
ޕަބްލިޝްކުރި ގަޑި: 13:19
ސުންގަޑި: 03 ޖަނަވަރީ 2018 11:00
ނާލާފުށީ ސްކޫލް
ދިވެހިރާއްޖެ
2018 ވަނަ އަހަރަށް ސްކޫލްފެރީއެއް ހޯދުން.

ހިނގަމުންމިދާ 2017 ވަނަ އަހަރެކޭވެސް އެއްފަދައިން 2018 ވަނަ އަހަރު ނާލާފުށީ ސްކޫލުގެ ގްރޭޑް6 އިން ފެށިގެން މަތީގެ ދަރިވަރުން  މ. އަތޮޅު ތަޢުލީމީ މަރުކަޒަށް ކިޔަވަން ދިއުމަށްޓަކައި ފެރީއެއް ހޯދަން ބޭނުންވެއެވެ.

މިމަސައްކަތަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ( ޤާނޫނު ނަމްބަރ 18/2014)ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަމްބަރ: 19/2014) ގެދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ވީމާ، މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

ތަފްޞީލް

ތާރީޚު

ގަޑި

ތަން    

މައުލޫމާތު ދިނުމުގެ ބައްދަލުވުން

31 ޑިސެމްބަރ 2017

އާދީއްތަ

11:00

ނާލާފުށީ ސްކޫލް

އަންދާސީ ހިސާބު ހުށައެޅުން

03 ޖެނުއަރީ 2018

ބުދަަ

11:00

ނާލާފުށީ ސްކޫލް

އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސްކޫލްގެ ނަމްބަރ 7952907 ފޯނާ ގުޅުއްވުން އެދެމެވެ.

 

              08 ރަބީޢުލްއާޚިރު 1439

              26 ޑިސެމްބަރ 2017 

 

      

 

                                   

             

                                                        

26 ޑިސެންބަރު 2017