ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)164/1/2017/65
ޕަބްލިޝްކުރި ތާރީޚް: 26 ޑިސެންބަރު 2017
ޕަބްލިޝްކުރި ގަޑި: 11:32
ސުންގަޑި: 07 ޖަނަވަރީ 2018 13:30
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
ގްރެފިކްސް ޑިޒައިނަރ

c

 

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ

 މާލެ، ދިވެހިރާއްޖެ

IUL)164/1/2017/65) ނަންބަރު:        

ވަޒީފާގެ ފުރުޞަތު – ގްރެފިކްސް ޑިޒައިނަރ

 

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގައި މަސައްކަތް ކުރާނެ ހީވާގި، ޤާބިލް، މަސައްކަތައް ޝައުޤުވެރިވާ މީހުން ހޯދަން ބޭނުންވެއެވެ.

 

ބޭނުންވާ އަދަދު:

01 (އެކެއް)

މަސައްކަތުގެ މުއްދަތު:

1 (އެކެއް) އަހަރު (މަސައްކަތުގެ ފެންވަރު ބެލުމަށް ފަހު މުއްދަތު އިތުރު ކުރެވޭނެ)

މަސައްކަތުގެ ވަގުތު:

ބަންދުނޫން ކޮންމެ ދުވަހަކު ހެދުނު 08:00 ހަވީރު 02:00 (އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި ހަވީރު 04:00 ޖަހަންދެން މަސައްކަތް ކުރަންވާނެއެވެ.)

އުޖޫރަ:

އަސާސީ މުސާރަ: މަހަކު -/12,000

ފެންވަރު/ޝަރުތު

  1. ޖީ.ސީ.އީ އޯ ލެވެލް ގެ 3 (ތިން) މައްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން

 

މީގެ އިތުރުން މަޤާމުގެ ޤާބިލްކަން ކަށަވަރު ކުރުމަށް ދެވޭ ޓެސްޓް އިން ފާސްވުން

މައިގަނޑު މަސައްކަތްތައް

އެން.ސީ.އައި.ޓީ އިން ތައްޔާރުކުރާ ޕްރޮމޯޝަނަލް މެޓީރިއަލްސް، ފޮތް، ލީފްލެޓް އަދި މިނޫންވެސް މި ފަދަ ތަކެތި ޑިޒައިންކޮށް ތައްޔާރުކުރުން.

 

(މިމަސައްކަތަށް ބޭނުންވާ ފެންވަރާއި ޝަރުތުގެ އިތުރު ތަފްސީލް އަދި "ޓާރމްސް އޮފް ރިފަރެންސް" މިއޮފީހުގައި ވެބްސައިޓް (www.ncit.gov.mv) އިން ލިބެން ހުންނާނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔެކިއުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރިކޮގްނައިޒް ކޮށްފައިވާ)
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  5. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރިފަރެންސް ލެޓަރ ނުވަތަ ހަދާފައިވާ ވެބްސައިޓް ނުވަތަ އެޕްލިކޭޝަނާއި ގުޅޭ ރެފަރެންސް.

 

 

ހުށަހަޅަންޖެހޭ ތާރީޙް:  މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ބޭފުޅުން 07 ޖެނުއަރީ 2018 ވާ އާދީއްތަ ދުވަހުގެ 13:30ގެ ކުރިން މަތީގައި ބަޔާންކޮށްފައިވާ ލިޔެކިއުންތަކާއި އެކު ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޯލޮޖީއަށް ނުވަތަ މިއޮފީހުގެ އީމޭލަށް ([email protected]) ފޮނުއްވުން އެދެމެވެ.

 

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އީމޭލް ކުރައްވާނީ [email protected] އެޑްރެހަށެވެ.

 

އޮފީހުގެ މަޢުލޫމާތު:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،

64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 3344000(960)، ފެކްސް ނަންބަރު:3344004(960)

އީމޭލް އެޑްރެސް: [email protected]

ވެބްސައިޓް: www.ncit.gov.mv

 

26 ޑިސެމްބަރ 2017

 

 

 

 

 

 

 

 

 

26 ޑިސެންބަރު 2017