ތަމްރީނު
                	ނަންބަރު: (IUL)30-F/INDIV/2017/10
                    ޕަބްލިޝްކުރި ތާރީޚް: 25 ޑިސެންބަރު 2017
                    ޕަބްލިޝްކުރި ގަޑި:  13:07
                                            ސުންގަޑި: 
                            16 ޖަނަވަރީ 2018 14:00
                        
                    
                 
                މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
             
            
                ހައިޑްރޮޕޯނިކްސް ސިސްޓަމް ޤާއިމްކޮށްދީ ކަމާގުޅޭ ތަމްރީން ދިނުމުގެ ޕްރޮގްރާމް ހިންގުމަށް އެދި ހުށަހެޅުމުގެ ފުރުސަތު
 
ދަނޑުވެރިކަމަކީ ޒުވާނުން ޝައުޤުވެރިވާ ޞިނާޢަތަކަށް ހެދުމާއިކުޑަ ބިންކޮޅެއްގައި އައު ޓެކްނޮލިޖީ ބޭނުންކޮށްގެން ޒަމާނީ ދަނޑުވެރިކަން ކުރުމަށް ތަމްރީން ޕްރޮގްރާމް ހިންގުމުގެ ސިޔާސަތުގެ ދަށުން ހައިޑްރޮޕޯނިކްސް ނިޒާމު ގާއިމުކޮށްދިނުމާއި ތަމްރީނު ދިނުމުގެ ޕްރޮގްރާމެއް 2018 ވަނަ އަހަރު ހިންގާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
 
މި ޕްރޮގްރާމް ހިންގުމަށް ބޭނުންފުޅުވާ ރަށްރަށުން އެކަމަށް އެދި ހުށަހަޅުއްވާނީ އެރަށެއްގެ ރަށު ކައުންސިލްތައް މެދުވެރިކޮށެވެ.މި ޕްރޮގްރާމުގެ ދަށުން ހައިޑްރޮޕޯނިކްސް ނިޒާމް ގާއިމް ކޮށްދެވޭނީ މިކަމަށް އެދި ކައުންސިލުން ކަނޑައަޅާ 10 ފަރާތެއްގެ ބިމުގައެވެ. މި 10 ފަރާތް ހޮވުމުގައި 25 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނަށާއި އަންހެން ކަނބަލުންނަށް އިސްކަންދޭންވާނެވެ. ފޯމު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ޕްރޮގްރާމު ހިންގާނެ ރަށެއް ކަނޑައެޅުމުގައި ބަލާނީ ތިރީގައި މިވާ ކަންކަމަށެވެ.
| 
ހައްދާ ތަކެތި ގަތުމަށް ތައްޔާރަށް ތިބި ގެސްޓްހައުސްތައްފަދަ ތަންތަން ހުރި ރަށަކަށްވުން އަދި ތަރުކާރީގެ ބާވަތްތައް ރަށުންބޭރުން މިހާރުވެސް އެތެރެކުރާ ރަށަކަށްވުން.އުފައްދާ ތަކެތި ގަތުމަށް އެކަށީގެންވާ ވަރުގެ އާބާދީއެއް އޮތް ރަށަކަށްވުންއުފައްދާ ތަކެތި އެކަށީގެންވާ އަގެއްގައި ވިއްކޭނެ ކަމުގެ ޔަޤީންކަން ލިބިދީފައިވާ މިންވަރުމަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ކައުންސިލުން ރާވާފައިވާ ގޮތްދަނޑުބިން ނިސްބަތުން ކުޑަ، ގޯތިތެރެއިން މިމަސައްކަތަށް ޖާގަ ލިބޭނެ ރަށްރަށަށް އިސްކަންދެވޭނެއެވެ.  | 
|  | 
|   
| އިތުރު މަޢުލޫމާތު: | އިތުރުމަޢުލޫމާތު ހޯއްދެވުމަށް މިމިނިސްޓްރީގެ ނަމްބަރ 3339232، 3339264، 3339207، 3339238 އަށް ގުޅުއްވުން އެދެމެވެ. |  
| ހުށަހަޅަންޖެހޭ ތަކެތި: | އެޕްލިކޭޝަންފޯމް ކައުންސިލުގެ ސިޓީއަކާއި އެކު ހުށަހެޅުން (އެޕްލިކޭޝަން ފޯމާއި އިތުރު މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓުން ލިބިލައްވާނެ) www.fishagri.gov.mv  ޚިދުމަތަށް އެދޭ ފޯމް / ދަނޑުވެރިކަމާ ބެހޭދާއިރާ |  
| ސުންގަޑި: 16 ޖެނުއަރީ 2018 ގެ 14:00ގެ ކުރިން |  |