މަސައްކަތް
ނަންބަރު: GS138IUL2017P28
ޕަބްލިޝްކުރި ތާރީޚް: 24 ޑިސެންބަރު 2017
ޕަބްލިޝްކުރި ގަޑި: 10:23
ސުންގަޑި: 26 ޑިސެންބަރު 2017 11:00
ދޮންފަނު ސްކޫލް
ދިވެހިރާއްޖެ
ހޯލް އިމާރާތުގެ ތަޅުންއަޅައި މުށިޖެހުން

އިޢުލާން                   

މި ސުކޫލްގެ ހޯލް އިމާރާތުގެ ތަޅުންއަޅައި މުށިޖަހައިދޭނެ ފަރާތެއް ހޯދުމާ ބެހޭ:

  2018ވަނަ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން މި ސުކޫލްގެ ހޯލް އިމާރާތުގެ ތަޅުންއަޅައި މުށިޖެހުމުގެ މަސައްކަތް، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށަހެޅުން

 2017 ޑިސެމްބަރ 26 ވަނަ ދުވަހުގެ 11:00 ގައި ސްކޫލްގެ އޮފީހުގައި

2017 ޑިސެމްބަރ 28 ވަނަ ދުވަހުގެ 11:00 ގައި ސްކޫލްގެ އޮފީހުގައި

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ފޮނުވާ ފަރާތަށް ސިޓީއެއް ދެއްވުމަށްފަހު، ފޮނުވުމުން އެފަރާތުގެ ނަމުގައި މަޢުލޫމާތު ސާފުކޮށް އަންދާސީހިސާބު ހުށަހެޅިދާނެއެވެ.

އަންދާސީހިސާބު ހުށަހަޅާނީ އެކަމަށް މި ސްކޫލުން ދޫކުރާ ފޯމެއްގައެވެ. އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކޮށްފައިވާ ފަރާތްތަކުގެ ނަމުގައި އެކަންޏެވެ. އެހެން ފަރާތެއްގެ ނަމުގައި ހުށަހަޅާ އަންދާސީހިސާބު ބާޠިލުކުރެވޭނެއެވެ. މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީހިސާބު ހުށަހެޅުމަށް ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް ފުރުޞަތު ނުދެވޭނެ ވާހަކަ ދެންނެވީމެވެ.

އަދި ދަންނަވަމެވެ. މި މަސައްކަތަކަށް އަންދާސީހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.

  • އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ: 6600010/ 7545855 ނަންބަރު ފޯނާއެވެ.
24 ޑިސެންބަރު 2017