ޢާންމު މަޢުލޫމާތު
ނަންބަރު: MWSC-A/7/ADV/2017/142
ޕަބްލިޝްކުރި ތާރީޚް: 25 ޑިސެންބަރު 2017
ޕަބްލިޝްކުރި ގަޑި: 09:12
ސުންގަޑި: 31 ޑިސެންބަރު 2017 23:59
މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އުސްއިމާރާތްތަކަށް ފެން ފޯރުކޮށްދިނުމުގައި ޢަމަލު ކުރާނެ އުޞޫލުތައް

މިއީ، މާލެ އަދި ހުޅުމާލޭގައި 25 ބުރިއަށް އިމާރާތްކުރުމަށް މާލޭގެ ޕްލޭނިންގް ގަވާއިދު ނަންބަރު 2015/R-192 (9 ނޮވެމްބަރ 2015) ގައި ސަރުކާރުން ހުއްދަ ދެއްވުމާއި ގުޅިގެން، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ލިމިޓެޑް (އެމް.ޑަބްލިޔު.އެސް.ސީ) އިން އުސްއިމާރާތްތަކަށް ފެން ފޯރުކޮށްދިނުމުގައި ޢަމަލު ކުރާނެ އުޞޫލުތައް ބަޔާން ކުރުމަށްޓަކައި އެކުލަވާލާފައިވާ ޤަވާޢިދެކެވެ. މި ޤަވާޢިދުގައި ފެނުގެ ޙިދުމަތް ގުޅުމަށް 4 ވަނަ ފަންގިފިލާ (ބިމުން މައްޗަށް އެންމެ މަތިވެގެން 40 ފޫޓު އުސްމިނުގެ އިމާރާތް)، 5 އަކާއި 7 ވަނަ ފަންގިފިލާ (ބިމުން މައްޗަށް 40 ފޫޓާއި 75 ފޫޓު އުސްމިނުގެ އިމާރާތް)، 8 ވަނަ ފަންގިފިލައިން މަތި (ބިމުން މައްޗަށް 75 ފޫޓު އުސްމިނުގެ އިމާރާތް) ތަށް ކުރެހުމާއި ރޭނުމުގައި ފެން ގުޅުމުގެ ޕްރޮވިޜަންތައްލުމަށް ސަމާލުވާންވީކަންކަން ހިމަނާފައިވާނެއެވެ.

 

ބިޒްނަސް ޑިވޮލޮޕްމަންޓް ޑިޕާޓްމަންޓް

25 ޑިސެންބަރު 2017