މަސައްކަތް
ނަންބަރު: (IUL)22-PU/1/2017/430
ޕަބްލިޝްކުރި ތާރީޚް: 25 ޑިސެންބަރު 2017
ޕަބްލިޝްކުރި ގަޑި: 08:43
ސުންގަޑި: 28 ޑިސެންބަރު 2017 10:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކަސްޓަމްސް އިން މުދާ ކުލިއަރ ކޮށްގެން ގުދަނަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

އިޢުލާން

ޓެކްސްޓް ފޮތާއި އަދި އެހެނިހެން މުދާ މާލެ ކަސްޓަމުން ނާއި ހުޅުލޭ އެއަރ ކާގޯއިން ކުލިއަރ ކޮށްގެން މިމިނިސްޓްރީގެ ގުދަނަށް ގެނެސްދޭނެ ފަރާތެއް 01 އަހަރު ދުވަހުގެ މުއްދަތަށް ހޯދުމަށް ކުރެވުނު މިމިނިސްޓްރީގެ ނަންބަރު IUL)22-PU/1/2017/408) އިޢުލާނާއިގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވަނީ ދެފަރާތަކުން ކަމަށްވާތީ، އެއިޢުލާން ބާތިލް ކުރުމަށްފަހު އަލުން މިމަސައްކަތް ކުރުމަށް އިޢުލާން ކުރީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 09 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 09 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށަހެޅުމަށް

2017 ޑިސެމްބަރު 28 ވަނަ ދުވަހުގެ 10:00 ށް

2018 ޖަނަވަރީ 02 ވަނަ ދުވަހުގެ 10:00 ށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403  ނަމްބަރ ފޯނާއެވެ.

25 ޑިސެންބަރު 2017