ޢާންމު މަޢުލޫމާތު
ނަންބަރު: GS05-C/MISC/2017/12
ޕަބްލިޝްކުރި ތާރީޚް: 24 ޑިސެންބަރު 2017
ޕަބްލިޝްކުރި ގަޑި: 14:57
ސުންގަޑި: 31 ޑިސެންބަރު 2017 13:00
ގއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ސްޓޭޝަނަރީ ގަތުމަށް

 

ގއ. އަތޮޅު ތަޢުލީމީ މަރުކަޒު

ވިލިނގިލި، ހުވަދު އަތޮޅު އުތުރުބުރި

ދިވެހިރާއްޖެ   

 

ނަމްބަރ: GS05-C /IUL/2017/12                ތާރީޚް:   24 ޑިސެމްބަރ  2017                

 

އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރުން

 

 

މި މަރުކަޒުގެ 2018 ވަނަ އަހަރުގެ އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ ގްރޭޑްތަކުގެ ދަރިވަރުންނަށް ބޭނުންވާ ސްޓޭޝަނަރީ ތަކެތި ހޯދުމަށް ކުރި އިޢުލާން ( ނަންބަރ:GS05-C /MISC/2017/11  (12 ޑިސެމްބަރ 2017  (އާއި ގުޅިގެން އެއްވެސް ފަރާތަކުން އެސްޓިމޭޓް ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

އެސްޓިމޭޓް ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން 27 ޑިސެމްބަރ 2017 ވާ ބުދަ ދުވަހުގެ 01:00 ށް މި މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 31 ޑިސެމްބަރ 2017 ވާ އާދީއްތަ ދުވަހުގެ 01:00 ށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ކޮންމެފަރާތަކަށްވެސް ތަމްސީލު ކުރެވޭނީ 1 ފަރާތެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް، ސިޓީ ހުށައަޅަންވާނެއެވެ. މައުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަމާއި، ގަޑި ޖެހުމުގެ ފަހުން ހުށަހަޅުއްވާ ބީލަން ބަލައި ނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ސްކޫލުގެ ނަމްބަރ 6820029 ފޯނާއި ގުޅުއްވުން އެދެމެވެ.

 

                 ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

 

24 ޑިސެންބަރު 2017