ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)438-HRU/438/2017/252
ޕަބްލިޝްކުރި ތާރީޚް: 24 ޑިސެންބަރު 2017
ޕަބްލިޝްކުރި ގަޑި: 14:13
ސުންގަޑި: 09 ޖަނަވަރީ 2018 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
މަަސައްކަތު

ތިރީގައި  މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

 މަސައްކަތު

މަގާމުގެ ނަންބަރު:

233569

ބޭނުންވާ އަދަދު:

1

މަގާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް. އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސަރވިސް 1

ސެކްޝަން:

އެޑްމިނިސްޓްރޭޓިވް އެންޑް ފައިނޭންސް ސަބް ޔުނިޓް

މަގާމު އޮތް އޮފީސް

މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް އޮފީސް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް އޮފީސް / ބ. އޭދަފުށި

މުސާރަ:

-/3,100 ރުފިޔާ

ސަރވިސް އެލަވަންސް:

-/1,000 ރުފިޔާ

އިތުރު ޢިނާޔަތްތައް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

  ( މީގެ އިތުރުން މަޤާމަށް ކަނޑައަޅާފައިވާ ޢިނާޔަތްތައް )

މަޤާމުގެ ޝަރުތު:

  1. ލިޔަންކިޔަން ދަތުމާއެކު މަސައްކަތް ކުރުމުގެ ހުނަރު/ގާބިލުކަން ލިބިފައިވުން.

 

މާގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ޙަވާލުކުރަންޖެހޭ ލިޔެކިއުންތައް ޙަވާލުކުރުން. 
  2. އޮފީސް ޢިމާރާތާއި ކުޑަދޮރާއި ބިއްލޫރިތައް ސާފުކުރުމާއި، އަދި ފަރުނީޗަރާއި ހިފަ ގެންގުޅެ ތަކެތި ސާފުކޮށް ކުނިތައް އުކާލުން. 
  3. ބާއްވާ މީޓިންގ ތަކަށް ޑްރިންކްސް ވެއްދުމާއި ނިމުމުން ތަން ސާފުކުރުން. 
  4. އެކިއެކި ބޭނުންތަކަށް އޮފީހަށް ޙާޞިރުކުރަން ބޭނުންވާ މީހުންނަށް ޙާޞިރުވުމަށް އެންގުން . 
  5. ތަނުގެ މުވައްޒަފުން ބޭނުންކުރާ ފާޚާނާތެރެއާއި ފާޚާނާގެ ސަރަހައްދު މޮޕްލައި ސާފުކުރުމާއި ފާޚާނާއަށް ބޭނުންވާ ސައިބޯނި، ޓޮއިލެޓް ޕޭޕަރ ބެހެއްޓުން .

 

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

 

  1. ބ.އަތޮޅު ބަޔޮސްފިއަރ ރިޒާވާބެހޭ މައުލޫމާތު އިނގުން.
  2. ބ.އަތޮޅު ތެރޭގައި އަދި ކައިރި އެހެހެނިހެން އަތޮޅުތަކުގެ މެދުގައި އަދި އަދި އަތޮޅު ތެރޭގައި ލޯންޗް ދުއްވުމުގެ ތަޖުރިބާ ހުރުން.
  3. ބ.އަތޮޅުން ޙިމާޔަތް ކޮށްފައިވާ ސަރަހައްދެއް ބެލެހެއްޓުމުގައި ނުވަތަ އެފަދަ ސަރަހައްދެއްގައި މަސައްކަތްކުރުމުގެ ތަޖުރިބާ ހުރުން.
  4. ގިނައިރު މަސައްކަތުގއި އުޅެވޭނެ ފަރާތެއް ކަމުގައިވުން.
  5. ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
    (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖޭއިން ބޭރުގެ ޕްރޮގްރާމުތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ )
    (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގެރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ . ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
    (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ 
  6. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
    (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
    (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްތަދާއި ކުރި މަސައްކަތް އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.  
  9. ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން  އިއުތިރާޒު ނުކުރާކަމުގެ ލިޔުން.

 

 

މަގާމަށް އެދެންވީގޮތާއި ސުންގަޑި:  

ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓުން www.environment.gov.mv  މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަށްޖެހޭ ތަކެތި ހުށަހަޅާނީ 2018  ޖަނަވަރީ 09 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް އޮފީހަށެވެ. ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭއެވެ. އީމެއިލް އެޑްރެހަކީ [email protected]  އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު ( އިމްޠިޙާނާއި ޕްރެޒެންޓޭޝަން ) އޮންނާނެ ތަނާއި މުއްތަދު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއުއާއި އިމްތިޙާން ކުރުން 10 ޖަނަވަރީ 2018 އާއި 31 ޖަނަވަރީ 2018 އާ ދޭތެރޭގެ ތާރީޚެއްގައި  މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް އޮފީސް ގައި އޮންނާނެއެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޙުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރުމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ (10 ) ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޯވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމުލަ އިންސައްތަ:

މަގާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ %25

އިތުރު މަޢުލޫމާތު ހޯދުމަށް:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

                       08 ރަބީލްއާޚިރު    1439                           

                       24  ޑިސެންބަރު    2017    

 

24 ޑިސެންބަރު 2017