ދިވެހިރާއްޖެ
ރައްޔިތުންގެ ނަމުގައި ތެޔޮ ވިއްކުމަށް ކިނބިދޫ ޖެޓީއާއި ގުޅިގެން އިރުމަތީ އޮތް ހުސްބިމުން ޖެޓީއާއި އިންވެގެން ނަގާފައިވާ ބިމާއި، ތެލުގެ ވިޔަފާރި ކުރުމަށް ހަދާފައިވާ ތާނގީތައް އާއްމުކޮށް ތެލުގެ ޙިދުމަތް ދިނުމަށް އެދޭ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހަޅާ ފަރާތަކަށް ތެލުގެ ޙިދުމަތް ދިނުމަށް ކުއްޔަށްދޭ ގޮތަށް ހަމަޖައްސައިފީމެވެ. މިކަމާ ގުޅޭގޮތުން ހިމެނޭ މަޢުލޫމަތުތައް ތިރީގައިމިވަނީއެވެ.
1- ބިމުގެ ބޮޑުމިން : ‘4050’x ( 2000 އަކަފޫޓު)
2- ތާނގީތަކުގެ އަދަދު : 4x8x8 ގެ 2 ތާނގީއާއި 4x4x8 ގެ 4 ތާނގީ
3- މުއްދަތު: 15 އަހަރު
4- ބިމުގައި ތެލުގެ ބާވަތްތަކުގެ އިތުރުން، ގޭހާއި، ހާރޑްވެއަރ ސާމާނާއި ތެޔޮވިއްކާ ތަނެއްގައި ސަރުކާރުން ހުއްދަކުރާ އެހެނިހެން ވިޔަފާރީގެ ބާވަތްތައް ވިއްކޭނެއެވެ.
5- މީގެ އިތުރުން ތަނުގައި އިމާރާތް ކުރުމާއި ތަން ތައްޔާރުކުރުމަށް ކުލި ދައްކަން ނުޖެހޭގޮތަށް 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ދެވޭނެއެވެ. މިގޮތުން މިބިމުގައި ކުރާ އެއްވެސް އިމާރާތެއް ނުވަތަ އިތުރަށް ބަހައްޓާ ޓޭންކެއް ވިޔަސް އަދި މިނޫންވެސް ތަނުގައި ހަރުކުރެވިފައިވާ އެއްވެސް އެއްޗެއް، މުއްދަތު ހަމަވެގެން ނުވަތަ އެނޫންވެސް ގޮތެއް މެދުވެރިވެގެން ތަން ދޫކޮށްލާން ޖެހިއްޖެ ހިނދެއްގައި ދޫކޮށްލާއިރު، މިއިން އެއްވެސް އެއްޗަކަށް ބަދަލުދިނުމެއް ނޯންނާނެއެވެ.
6- 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ދީފައިވީނަމަވެސް އެގްރީމެންޓްގައި ސޮއިކުރާ ތާރީޙުން ފެށިގެން 10 ދުވަހުގެ ތެރޭގައި މަސައްކަތް ފަށަންވާނެއެވެ. މިމުއްދަތުގައި މަސައްކަތް ނުފަށައިފިނަމަ އިތުރު އިންޒާރެއް ދިނުމެއް ނެތި އެހިސާބުން އެގްރީމެންޓާއި ހަވާލުވީ ފަރާތުން މަސައްކަތް ވަކިކުރެވޭނެއެވެ.
7- ބިމުގައި ތެލުގެ ވިޔަފާރި ކުރުމަށް ހަދާ އިމާރާތް ހެދިފައި ހުންނަން ޖެހޭނީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ފަރާތުން ތެލުގެ ޙިދުމަތްދިނުމާ ތެޔޮ ވިއްކުމާބެހޭ ގޮތުން ހަދައިފައިވާ ޤަވާއިދަށް ފެތޭގޮތަށް ސަރުކާރުން ޤަބޫލުކުރާ ފެންވަރުގައެވެ.
މަޢުލޫމާތު ދިނުމާއި އެސްޓިމޭޓް ހުށަހެޅުން
ވީމާ، މިބިން ކުއްޔަށް ހިފުމަށް ސަޢުޤުވެރިވާ ފަރާތްތަކަށް މައުލޫމާތު ސާފުކޮށްދިނުން އޮންނާނީ 02 ޖަނަވަރީ 2017 ވާ އަންގާރަ ދުވަހުގެ މެންދުރު ކުރީ 11:00 ގައި މިއިދާރާގައެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 04 ޖަނަވަރީ 2017 ވާ ބުރާސްފަތި ދުވަހުގެ މެންދުރުކުރީ 11:00 ގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ. މައުލޫމާތު ސާފުކުރުމާއި އެސްޓިމޭޓް ހުށަހެޅުމަށް ބަދަލުގައި ބޭފުޅަކު ހާޒިރުވާނަމަ އެފަރާތުގެ ސިޓީއަކާއި އައި.ޑީ.ކާރޑްގެ ކޮޕީއެއް ހުށަހަޅަން ޖެހޭނެއެވެ.
ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުޞޫލު
- ހުށަހަޅާ އެންމެ ރަނގަޅުއަގަށް %90 ( ހުށަހެޅޭ އެންމެ ބޮޑުއަގު / ހުށަހެޅިއަގު x 90 )
- މާލީ ތަނަވަސްކަން ( ބޭންކްގައި ފައިސާ އެންމެ ގިނައަދަދު / ފައިސާގެ ޢަދަދު x 10 )
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.