ކުއްޔަށް ހިފުން
ނަންބަރު: (IUL)434-PRC/1/2017/66
ޕަބްލިޝްކުރި ތާރީޚް: 24 ޑިސެންބަރު 2017
ޕަބްލިޝްކުރި ގަޑި: 10:32
ސުންގަޑި: 03 ޖަނަވަރީ 2018 00:00
ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
މިއެޖެންސީގެ ދަށުން ކ.ހިންމަފުށީގައި ހިންގާ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުންނާއި ހުޅުމާލެ ހާފްވޭ ހައުސްއިން ކ.މާލެއާ ދެމެދުގައި ކުރަންޖެހޭ ދަތުރުތައް ކުރުމަށްޓަކައި 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތައް ކަނޑުދަތުރުކުރާނޭ އުޅަނދެއް މިއެޖެންސީއަށް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެ

                                                    ނަމްބަރު: IUL)434-PRC/1/2017/66)

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ:

            މިއެޖެންސީގެ ދަށުން ކ.ހިންމަފުށީގައި ހިންގާ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުންނާއި ހުޅުމާލެ ހާފްވޭ ހައުސްއިން ކ.މާލެއާ ދެމެދުގައި ކުރަންޖެހޭ ދަތުރުތައް ކުރުމަށްޓަކައި 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތައް ކަނޑުދަތުރުކުރާނޭ އުޅަނދެއް މިއެޖެންސީއަށް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

          ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އޭޖެންސީއަށް (ގ.ގްރީންގެ / އަލިކިލެގެފާނުމަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާތިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 

ތާރީޙް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

27 ޑިސެންބަރު 2017

ބުދަ

11:00 (މެންދުރުކުރި)

އަންދާސީހިސާބު ހުށަހެޅުއްވުން

02  ޖެނުއަރީ 2018

އަންގާރަ

11:00 (މެންދުރުކުރި)

 

 

 

24 ޑިސެންބަރު 2017