ދިވެހިރާއްޖެ
އިޢުލާން
މީޓީންގ ހޯލްގެ ފިނިޝިންގ މަސައްކަތާއިބެހޭ :
މިކައުންސިލްގެ ގޯތިތެރޭގައި ޢިމާރާތް ކޮށްފައިވާ މީޓިންގ ހޯލާއި ސައި ކޮޓަރި އަދި ބަދިގެ ފާޚާނާ ސީލިންގްކުރުމާއި ކަރަންޓް ވައިރުކުރުމާއި މުށި ޖެހުމާއި ކުލަލުމުގެ މަސައްކަތްކޮށް ޢިމާރާތް ނިންމަދޭނެ ފަރާތެއް ހޯދަން ކޮށްފައިވާ އިޢުލާން ނަންބަރ: (IUL)342/INDIV/2017/109 އެކަށީގެންވާ އިޖާބައެއް ލިބިފައިނުވަތީވެ، އެއިއުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 25 ޑިސެމްބަރ 2017 ވާ ހޯމަ ދުވަހުން ފެށިގެން 28 ޑިސެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން މި މަސައްކަތައް ތައްޔާރުކޮށްފައިވާ ބިޑުފޮތް ގަތުމަށްފަހު 11 ޖަނަވަރީ 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 13:30 އަށް އއ. މަތިވެރި ކައުންސިލްގެ އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހުޅުއްވުންއެދެމެވެ.
ބިޑުފޮތުގެ އަގަކީ 500.00ރ (ފަސްސަތޭކަ ރުފިޔާ) އެވެ.
މިމަސައްކަތަށް ހުށަހަޅުއްވާ އަންދާސީ ހިސާބު ކެނޑުން އިސްވެދެންނެވި ގަޑީގައި އއ. މަތިވެރި ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ. އަދި އަންދާސީ ހިސާބު ކެނޑުމުގެ ބައްދަލުވުމަށް ޙާޞިރުވެވަޑައިނުގަނެވޭނަމަ ސިޓީއަކާއިއެކު ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ.
ބިޑުފޮތް ނުގަންނަ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި އަންދާސީ ހިސާބު ހުށަހަޅުއްވަންޖެހޭ ގަޑީގެފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައެއްނުގަނެވޭނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
03 ރަބީޢުލްއާޚީރު 1439
21 ޑިސެމްބަރ 2017